ދިވެހިރާއްޖެ
Bangladesh Medical and Dental Scholarship 2024 |
||
ޤައުމު: ބަންގްލަދޭޝް |
06 އެމް.ބީ.ބީ. އެސް 01 ބީ.ޑީ.އެސް |
ކޯހުގެ އަދަދު: |
ބެޗްލަރސް ޑިގްރީ |
ކޯހުގެ ލެވެލް: |
|
ބެޗުލަރސް ޑިގްރީ 1.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. (މި މާއްދާ ތަކުގެ ތެރޭގައި ކެމިސްޓްރީ، ބައޮލޮޖީ، އަދި ފިޒިކްސް ހިމަނެންވާނެއެވެ) 2.ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. (މި މާއްދާ ތަކުގެ ތެރޭގައި ކެމިސްޓްރީ، ބައޮލޮޖީ، އަދި ފިޒިކްސް ހިމަނެންވާނެއެވެ) 3..ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި ނ.TOEFL 550 އިން ފެށިގެން މަތި. ރ.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. 4.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނު 2020 ގެ ފަހުން ފުރިހަމަކޮށްފައިވުން 5.ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނު 2022 ގެ ފަހުން ފުރިހަމަކޮށްފައިވުން އެހެނިހެން ޝަރުތު 1.މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަވުން. 2.އެދޭ ކޯހާއި ގުޅޭގޮތުން ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ވެބްސައިޓްގައި ނުވަތަ ކޯސް ހިންގާ ޔުނިވަރސިޓީން އިތުރު ޝަރުތެއް ކަނޑައަޅާފައިވާނަމަ އެޝަރުތެއް ފުރިހަމަވެފައިވުން. އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2.އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
ކޯހުގެ ޝަރުތު: |
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި. 1 ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3 މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4.މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ 5.ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ވެބްސަޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން. 6.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 7.މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް. 8.މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާކޮށް އެފަރާތުގެ ލިޔުމެއް. |
ހުށަހަޅަންޖެހޭ ތަކެތި: |
|
-މި ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ. -މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ. -މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ ތެރެއިން ނޮމިނޭޓުވާ ދަރިވަރުން މި މިނިސްޓްރީއިން ނޮމިނޭޓުވާކަން އެންގުމުން، އެޕްލިކޭޝަން ފީގެ ގޮތުގައި 100 ޔޫ.އެސް ޑޮލަރ މި ސްކޮލަރޝިޕް ދެއްވާ ފަރާތުން ކަނޑައަޅާފައިވާ ބޭންކް އެކައުންޓަށް ޓްރާންސްފަރ ކުރަންޖެހޭނެއެވެ. -މި ސްކީމްގެ ދަށުން ފުރުޞަތު ލިބޭ ދަރިވަރުންގެ ކޯސް ފީ ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ދަރިވަރުންނާ އެއްރޭޓަކުންނެވެ. -މި ސްކީމްގެ ދަށުން ކޯސް ފުރިހަމަކުރެވޭނެ ޔުނިވަރސިޓީއާއި ކޮލެޖްތަކުގެ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. -މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުންނެވެ. -މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލަރޝިޕްގެ ވެބްސައިޓް https://foreignstudents.dgme.gov.bd/login މެދުވެރިކޮށް 29ފެބުރުވަރީ 2024 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުއްވަންވާނެއެވެ. އޮންލައިން އެޕްލިކޭޝަން އާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ. *ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. *އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. *މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
ސުންގަޑި: 22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން |
||
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026947 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |