ދިވެހިރާއްޖެ
ނަންބަރު: (IUL)307/INDIV/2024/22
އިޢުލާން
ހުކުރު މިސްކިތުގައި އޭ.ސީ ހަރުކުރުމާއި ގުޅޭ:
މިރަށު ހުކުރު މިސްކިތް "މަސްޖިދުލް ތަޢާވުން" ގައި ހަރުކޮށްފައިވާ ބައެއް އޭ.ސީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ، ކުރިއަށް އޮތީ 1445 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ކަމުން މިކައުންސިލްގެ ފަރާތުން ރަށުގެ ހުކުރު މިސްކިތުގައި އާ އޭ.ސީ ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށްދާ ވާހަކަ ދަންނަވަމެވެ.
އެހެންކަމުން، ހުކުރު މިސްކިތުގައި ހަރުކުރުމަށް އޭ.ސީ ހަދިޔާ ކުރުމަށް ބޭނުންފުޅު ވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިކަމުގައި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6580052 އާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
12 ފެބްރުއަރީ 2024