ދިވެހިރާއްޖެ
ށ.ކަނޑިތީމު ނޫރު މިސްކިތުގެ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުން |
މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ށ.ކަނޑިތީމު ނޫރު މިސްކިތުގެ މަރާމާތު ކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 13 ފެބްރުއަރީ 2024 (އަންގާރަ) ދުވަހުގެ 14:00 އިން ފެށިގެން 18 ފެބްރުއަރީ 2024 (އާދިއްތަ) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/miMBHFnhfw8L3uSNA
މަޢުލޫމާތު ދިނުން:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މިމަސައްކަތާއި ގުޅޭ އިއުލާނާއި އެކު އާންމުކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 19 ފެބްރުއަރީ 2024 (ހޯމަ) ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް،އަދި ލިޔުންތަކާއި ، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.