މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ނ. މާފަރުގެ އިރުން ކަނދުފަތި ޤާއިމުކުރުން

          މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވަދުމަސްވެރިކަމަށާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް އަމާޒުކުރައްވައިގެން ކަނދުފަތި ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިއަތޮޅުގެ މާފަރުގެ އިރުން ޤާއިމުކުރެވުނު ކަނދުފަތީގެ މަޢުލޫމާތު ތިރީގައި ދެންނެވިފައި އެވަނީއެވެ.

 

                    ކަނދުފަތި ޤާއިމުކުރި ތާރީޚް: 06 ފެބުރުވަރީ 2024

                    ކަނދުފަތި ޤާއިމުކުރި ސަރަޙައްދު: ނ. މާފަރުގެ އިރުން 8.5 މޭލު ބޭރު

                    ކަނދުފަތި ނަންބަރު: E10D01-01

                    ޕޮޒިޝަން: 05 ދަރަޖަ 49 މިނިޓް 52 ސިކުންތު، އުތުރު އަރުޞު (05°49’52”N)

                           73 ދަރަޖަ 37 މިނިޓް 32 ސިކުންތު، އިރު ތޫލު (73°37’32”E)

 

          މި ވަދުކަނދުފަތިތަށް ފަރުމާކޮށްފައިވަނީ ދުރަށް އަލި ފެންނަފަދަ ބައްތިތަކާއި، ކަނދުފަތި އޮތްތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ " ރޭޑަރ ރިފްލެކްޓަރ " އަކާއިއެކު، ދަޢުލަތުން ބޮޑު ހޭދައެއްކޮށް، ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަވާގޮތަށް ރީނދޫ ކުލައިންނެވެ. ވީމާ، މިފަދަ ކަނދުފަތިތަކާއި މެދު ސަމާލުވެ، ކަނދުފަތި ބެލެހެއްޓުމުގެ އިންތިޒާމު ވަދުމަސްވެރިކަމާއި މުނިފޫހި ފިލވުމުގެ މަސްވެރިކަން ކުރާ ފަރާތްތައް މެދުވެރިކޮށް ކުރުމަށް ހަމަޖެހިފައިވާތީ، ކަނދުފައްޗަށް ގެއްލުމެއް ލިބިއްޖެނަމަ ލިބޭ ގެއްލުން ލަސްނުކުރައްވާ އެވުޒާރާއަށް އެންގެވުން އެދެމެވެ.

          މިގޮތުގެމަތިން ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ކަނޑައިގެން ދިޔަ ތާރީޚާއި، ހޮވިނަމަ ހޮވި ތާރީޚާއި، ހޮވި ފަރާތާއި، ހޮވި އުޅަނދާއި، ބޮޔާއި، އަދި ބޮޔާއިއެކު ހޮވި ތަކެތި އަދި ކަނޑައިގެން ގޮސްފައިހުރި ތަނުގެ ތަފްސީލް މަޢުލޫމާތުވެސް ލަސްނުކުރައްވާ އަންގަވައިދެއްވުން އެދެމެވެ. އަދި މިގޮތުން ކަނދުފައްޗާއި ގުޅޭ މުޢާމަލާތު ކުރައްވާއިރު ކަނދުފަތި ޤާއިމުކޮށްފައިވާ ސަރަޙައްދު އަދި ކަނދުފަތީގެ ނަންބަރު ބޭނުންކުރެއްވުން އެދެމެވެ.

          މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 ފެބުރުވަރީ 2024
ހޯދާ