ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުންޏަށް ބޭނުންވާ 18 ސާރކެޓް ޑިސްޓްރިބިއުޝަން ބޮކްސް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 12 އެޕްރީލް 2015 އިން 22 އެޕްރީލް 2015 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 15:00 އާދެމެދު -/100 ޔޫ.އެސް ޑޮލަރ ނުވަތަ އެ އަގަށްވާ ދިވެހި ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 23 އެޕްރީލް 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި 29 އެޕްރީލް 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 12 އެޕްރީލް 2015 އިން 22 އެޕްރީލް 2015 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 15:00 އާ ދެމެދުއެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 45 ދުވަސް ދެވެންވާނެއެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000.00 (ދިހަހާސް ރުފިޔާ) ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 50 (ފަންސާސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.
ވީމާ، މި މަސައްކަތް ކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 29 އެޕްރީލް 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުށްވުން ޢެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ.
|
ދުވަސް |
ވަގުތު |
ފައިސާ ބަލައިގަތުމަށް |
12 އެޕްރީލް 2015 އިން – 22 އެޕްރީލް 2015 އަށް |
9:00 އިން 15:00 އަށް |
ޑޮކިޔުމަންޓް ދޫކުރުމަށް |
12 އެޕްރީލް 2015 އިން – 22 އެޕްރީލް 2015 އަށް |
9:00 އިން 15:00 އަށް |
މަޢުލޫމާތު ދިނުން |
23 އެޕްރީލް 2015 (ބުރާސްފަތި) ގައި |
11:00 ގައި |
އަގު ހުށަހެޅުން |
29 އެޕްރީލް 2015 (ބުރާސްފަތި) ގައި |
11:00 ގައި |
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338154/ 3338121 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރަށްވާނީ [email protected] މި އެޑްރެހަށެވެ.
20 ޖުމާދަލްއާޚިރާ 1436