ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީއަށް އާންމު މެމްބަރުން ނެގުމާ ގުޅޭ

މި އިދާރާގެ ނަންބަރު (IUL)375/375/2024/9 (31 ޖެނުއަރީ 2024) އިއުލާނުގައި އާންމުކޮށްފައިވާ "ދ.މީދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމުގެ އުސޫލު" ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާންމު ރައްޔިތުންގެ ތެރެއިން 02 މެމްބަރުން (1 ފިރިހެން، 1 އަންހެން) މިކޮމިޓީގައި ހިމެނުމަށް ބޭނުންވެގެން 2024 ފެބްރުއަރީ 1 ވަނަ ދުވަހު އިއުލާން ކޮށްފައިވާނެއެވެ. ނަމަވެސް، މި އިއުލާނާއި ގުޅިގެން ފިރިހެން ބޭފުޅަކު ނަން ހުށަހަޅުއްވާފައި ނުވެއެވެ.

      ވީމާ، މިކޮމިޓީގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފިރިހެން ބޭފުޅުންނަށް މިފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި 2024 ފެބްރުވަރީ 18 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޯރމް ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6760042 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

13 ފެބުރުވަރީ 2024
ހޯދާ