ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

ހިތަދޫ ކެމްޕަހުގައި ހުރި ބައު ސާމާނުތައް ނީލަމުގައި ވިއްކައިލުން

  1. ޤައުމީ ޔުނިވަރސިޓީ/ ހިތަދޫ ކެމްޕަހުގައި ހުރި ހަލާކުވެފައިވާ ތަކެއްޗާއި ބައު ތަކެތި ލޮޓުތަކަށް ބަހާލައިގެން ނީލަންކިއުން 21 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކެމްޕަހުގެ ކޮމަން ރޫމް (ބީ.ބްލޮކް) ގައި އޮންނާނެއެވެ.
  2. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކަށް އެތަކެތި ހަވާލުކުރެވޭނީ ނީލަމުން ނެންގެވި ތަކެތީގެ އަގު ސަރުކާރު ބަންދުނޫން 03 (ތިނެއް) ދުވަހުގެ ތެރޭގައި ކެމްޕަހުގެ ބަޖެޓު ސެކްޝަނަށް ދައްކައި ހަލާސްކުރުމުންނެވެ. އަދި ފައިސާ ދައްކާތާ 05 ގަޑިއިރުތެރޭގައި އެތަކެތި ގެންގޮސް ނިންމަންވާނެއެވެ.
  3. ނީލަން ކިޔުމަށް ބޭނުންވާ ތަކެތީގެ ތަފްސީލް އެގޭނެ ޝީޓް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.  ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ.  
  4. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

ސ. ހިތަދޫ ކެމްޕަސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ފޯން: 3345242

އީ-މެއިލް: އީ-މެއިލް: [email protected]

13 ފެބުރުވަރީ 2024
ހޯދާ