ދިވެހިރާއްޖެ
އިޢުލާން
ށ.ފޭދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތިދޫކުރުމުގެ މަސައްކަތްކުރާކޮމިޓީއަށް ނަން ހުށައެޅުމަށް ފުރުސަތު ހުޅުވާލުން
ށ.ފޭދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ފޯމް ހުށަހެޅުމަށް ހުޅުވާލިފުރުޞަތުގައި ގޯއްޗަށް އެދި ހުށަހަޅާ ފައިވާ ފޯމުތައް އިވެލުއޭޓް ކުރުމާއި، ގޯތި ދޫކުރުމުގައި ޝަރުޠު ފުރިހަމަވާ މީހުންގެ ޢަދަދު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުވާ ޙާލަތުގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގޯތި ލިބޭ މީހުން ކަނޑައެޅުމަށްޓަކައި އާންމުރައްޔިތުންގެ ތެރެއިން 2 މީހުންހިމެނޭގޮތައް 11 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ބޭނުންވެއްޖެއެވެ.
ވިމާ، އާންމުރައްޔިތުންގެ ތެރެއިން މިކޮމެޓީއަށް ވަނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޫގުލްފޯމް ފުރިހަމަކުރެއްވުމަށްފަހު 19 ފެބުރުވަރީ 2024ގެ ކުރިން ފޮނުވާދެއްވުން އެދެމެވެ.
ފޯމް ލިންކް: https://forms.gle/zKhEJnUX3fyULfzN7