ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސުކޫލްގެ ހޯލް އިމާރާތުގެ ސީލިންގް މަރާމާތު ކުރުމާއި ގުޅޭ

ނަންބަރ: GS28/IUL/2024/04

އިޢުލާން                

 

ސުކޫލް ހޯލް އިމާރާތުގެ ސީލިންގް މަރާމާތުކުރުމާއި ގުޅޭ:-

 

މިމަދަރުސާގެ ހޯލް އިމާރާތުގެ ސީލިންގް މަރާމާތުކުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިމަސައްކަތައްއެދި ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަންބަރ: (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަންބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިވާ ތާރީޚްތަކުގައި މިމަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.

  • ބީލަމުގައި ރަޖިސްޓްރީކުރުން: 18 ފެބުރުއަރީ 2024 އިން  22 ފެބުރުއަރީ 2024 އަށް ކޮންމެދުވަހަކު 9:00 އިން 12:00 އަށް މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން. (ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ޝެޝަންގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.)
  • މަޢުލޫމާތު ސާފުކުރުން: 26 ފެބުރުއަރީ 2024 ހޯމަ ދުވަހުގެ 10:30 ގައި މިމަދަރުސާގެ ހޯލްގައި.
  • ބީލަން ހުށަހެޅުން: 29 ފެބުރުއަރީ 2024 ބުރާސްފަތި ދުވަހުގެ  10:30 ގައި މިމަދަރުސާގެ ހޯލްގައި.

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ދުރުވާނަމަ ދުރުވާ ބޭފުޅަކު ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

      ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ސުކޫލް ހޯލް އިމާރާތުގެ ސީލިންގް މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިސްކޫލްގެ ފޯން ނަންބަރ 6800008 އަށް ގުޅުއްވުން އެދެމެވެ.

03 ޝައުބާން 1445 ހ.

                  13 ފެބުރުއަރީ 2024 މ.                                           

13 ފެބުރުވަރީ 2024
ހޯދާ