ދިވެހިރާއްޖެ
އދ. ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ.
ނަންބަރު: (IUL)353/353/2024/9
އިޢުލާނު
އދ.ދިގުރަށުން ވޯޓަރ ސްޕޯޓްސްގެ ވިޔަފާރިކުރުމަށް ވަގުތީ ބިން ކުއްޔަށް ދޫކުރުން
އދ.ދިގުރަށުން ވޯޓަރ ސްޕޯޓްސްގެ ވިޔަފާރިކުރުމަށް ވަގުތީ ބިން 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 1250 އަކަފޫޓު ގެ 4 ބިމެވެ. މިބިންތައް ދޫކުރާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓް އިޢުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބިން ކުއްޔަށް ދިނުމާބެހޭ މަޢުލޫމާތު ޝީޓްގައިވާ ގޮތުގެމަތިން ޢަމަލުކުރައްވައި، 10 މާރިޗް 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމާބެހޭ އިތުރު މަޢުލޫމާތު
- ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނި ނުވަތަ ވިޔަފާރިއެއްގެ ނަމުގައެވެ.
- ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 25 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ -/200 ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް
ހުށަހަޅުއްވާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ. ރަޖިސްޓްރޭޝަން ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑު ފޯމާއެކު، ބީލަމަށް ޒިންމާވާނެ (ކުންފުނީގެ ނުވަތަ ވިޔަފާރީގެ) ވެރިއެއްގެ އައި.ޑީ.ކާޑުގެ ކޮޕީއެއްވެސް ހުށަހަޅަންވާނެއެވެ.
- ބިމާބެހޭ މަޢުލޫމާތު ޝީޓާއި ބިން ކުއްޔަށް ހިފުމަށް އެދޭފޯމު އަދި ބިޑު ރަޖިސްޓްރޭޝަން ފޯމް، މިއަދުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާއިން ލިބެން ހުންނާނެއެވެ. އަދި މަޢުލޫމާތު ޝީޓާއި ފޯމުތައް އިޢުލާނާއެކު ވަނީ ގެޒެޓްކުރެވިފައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
2 ޝަޢުބާން 2024
12 ފެބްރުއަރީ 2024
(ސޮއި)
އިބްރާހީމް އުޡްމާން
ކައުންސިލްގެ ރައީސް