ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. އަތޮޅު ހޮސްޕިޓަލުގެ އޮފީހުގެ ޖާގަ އިތުރުކުރުމަށް ބައެއް އިތުރުކުރުން

އިޢުލާން

 ށ. އަތޮޅު ހޮސްޕިޓަލުގެ އޮފީހުގެ ޖާގަ އިތުރުކުރުމަށްޓަކައި އޮފީހަށް ބައެއް އިތުރުކުރުމަށް ބޭނުންވެއެވެ

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ރަޖިސްޓުރޭޝަން ޝީޓު ފުރިހަމަކުރައްވައި 12 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 20 ފެބްރުއަރީ 2024 12:00 އަށް ށ.އަތޮޅު ހޮސްޕިޓަލުގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30އަށް ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 20 ފެބްރުއަރީ 2024 ދުވަހު މެންދުރު 12:00ގެ ކުރިން  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ރަޖިސްޓުރީ ފޯމް ހުށަނާޅުއްވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

  02 ޝަޢްބާން 1445

12 ފެބުރުވަރީ 2024
ހޯދާ