ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒުންދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް 20 ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މަރުކަޒުން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް 20 ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ، (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)GS-02/ GS-02/2024/03  އިޢުލާނަށް ހުށްހަޅާފައިވާ އެސްޓިމޭޓް ތައް ބޮޑު ކަމަށް ފެންނާތީ އެ އެސްޓިމޭޓްތައް ބާޠިލުކޮށް އަލުން އެކަމަށް އިޢުލާނު ކުރީމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 ފެބުރުވަރީ 2024 އިން 15 ފެބުރުވަރީ 2024  އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:30 އަށް މި މަރުކަޒު އޮފީހުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ.

މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 ފެބުރުވަރީ 2024 ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.                                                           

މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 18 ފެބުރުވަރީ 2024 އާދީއްތަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ ކްލާސް ރޫމްގައެވެ.

  • ބިޑް ހުޅުވުން އޮންނާނީ 20 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ ކްލާސް ރޫމްގައެވެ.
  • ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު6528817  ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
  • ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
  • ފޯން:  6528817
  • އީ-މެއިލް: [email protected]
12 ފެބުރުވަރީ 2024
ހޯދާ