ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލްގެ ދަރިވަރުންގެ ކްލާސްރޫމްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ 160 ޑެސްކު ރޭވުމުގެ މަސައްކަތަށް އަގުހުށަހެޅުމަށް ހުޅުވާނެލެވުނު ފުރުސަތުގައި ލިބިފައިވާ އަގުތައް
އެމަސައްކަތަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުކަމުގައިވާތީ، އަލުން މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
# |
ޑެސްކުގެ ތަފްސީލް |
ބޭނުންވާ އަދަދު |
1 |
ޓްރެޕީޒިއަމް ޑެސްކު |
10 |
2 |
ޕްރައިމަރީ ޑެސްކު |
60 |
3 |
ސެކަންޑަރީ ޑެސްކު |
90 |
ޑެސްކް ރޭވުމަށް ޖަހާ ކޮންމެ އިސްކުރެއް ޖަހަންވާނީ ހުދުތެރަސް ލާފައެވެ. ޑެސްކްތައް ރޭވުމަށް ބޭނުންވާ ކުރެހުން ހިމެނޭ ސްޕެސިފިކޭޝަން މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected]
އަށް ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.
1- މަސައްކަތަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން
2- މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން
3- މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ
ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.