ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: ( IUL ) 396-A/2024/04 (11 ޖަނަވަރީ 2024) އިޢުލާނާ ގުޅިގެން ކައުންސިލަށް ލިބިފައިވާ ލޯގާތައް ރަނގަޅުކަމަށް ނުފެންނާތީ އަލުން ލޯގޯ ފަރުމާ ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
ކައުންސިލްގެ ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި ކައުންސިލްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތްތަކާއި ، ބައިވެރިވާ ހަރަކާތްތަކާއި ،އެކިއެކި ރަސްމިއްޔާތުގައި ބޭނުން ކުރުމަށް ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯ ތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 5,000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ.
ލޯގޯ ހުށަހެޅުމުގެ ސުންގަޑި: 20 ފެބުރުވަރީ 2024 | 14:00
ލޯގޯ ހުށަހަޅާނެ އީމެއިލް އެޑްރެސް: [email protected] އަދި [email protected] އަށް CC ކުރަންވާނެއެވެ.
- ފަރުމާ ކުރެވޭ ލޯގޯއަކީ ލ.ދަނބިދޫ ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށްވާންވާނެއެވެ. ތާރީހީ ގޮތުން ފެންނަން ހުރި ލިޔުން ތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ލިޔުމަކީ ދަނބިދޫ ލޯމާފާނެވެ. ދަނބިދޫ ލޯމާފާނު ލިޔެވިފައި ވަނީ އެވޭލާ/ދިވެސް އަކުރުންނެވެ. މިގޮތުން ބަލާއިރު ދަނބިދުއަކީ ދިވެހި ތާރީހުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ހަމަ އެހެންމެ ދަނބިދުއަކީ ޒަމާނުއްސުރެ އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ރަށެއްކަން ފާހަގަ ކުރެވެއެވެ. ލޯގޯ ފަރުމާ ކުރުމުގައި މި ދެންނެވުނު ކަންކަމަށް އަލިއަޅުވާލަންވާނެއެވެ. އަދި ދަނބިދޫއަށް ޚާއްޞަ ސިފަތަކާއި ކަންކަން ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
- ފަރުމާ ކުރެވޭ ލޯގޯއަކީ މުޅިން އައު އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
- ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ.
- ލޯގޯގައި ލ.ދަނބިދޫ ކައުންސިލްގެ އިދާރާގެ ނަން ބޭނުންކުރަންވާނީ " ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ " މިހެންނެވެ. އިނގިރޭސި ބަހުންނަމަ"Secretariat of the Hadhdhunmathi Dhanbidhoo Council” އެވެ.
- ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ދިދަ، ޖާރޒީ، ލެޓަރހެޑް އަދި ސްޓަރފް ކާޑް، ޔުނީފޯމް އަދި ވެބްސައިޓް ފަދަ ތަކެތީގައި ބޭނުންކުރެވޭފަދަ ގޮތަކަށެވެ.
- ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ Dpi300 ނުވަތަ އެއަށްވުރެ މައްޗެވެ.
- ލޯގޯ ރީސައިޒްކޮށް ކުޑަ ކުރުމުން (20mm x20mm) ނުވަތަ ބޮޑުކުރުމުން ލޯގޯގެ އަސްލުގެއްލިގެން ނުވާނެއެވެ.
- ލޯގޯ ފަރުމާ ކުރުމުގައި މައިގަނޑު ކުލައެއްގެ ގޮތުގައި ބޭނުންކުރަންވާނީ " ގޯލްޑް އަދި ސިލްވަރ " ކުލައެވެ.
- ލޯގޯއަކީ ލަކުޑި، ފައިބަރު މައުދަންތަކުގައި ކަނޑާ ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
- ލޯގޯ ފަރުމާ ކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލިޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.
ލޯގޯ އާއިއެކު ހުށަހަޅަންޖެހޭ ތަކެތި
- ލޯގޯގެ ވެކްޓަރ PSD/AI, PNG) އަދި (JPEG ފައިލް ހުށަހަޅަންވާނެއެވެ.
- ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10 އެމް.ބީ އަށްވުރެ އިތުރުވެގެން ނުވާނެއެވެ.
- ލޯގޯގެ ކުލަ ސޮފްޓް ކޮޕީ ، ކުލަތަކުގެ ޕެންޓޯން ނަމްބަރ އަދި ކުލަކޯޑާއެކު ޖޭޕެގު / ޓިޕް ފޯމެޓްގައެވެ.
- ލޯގޯގައި ބޭނުންކުރި ފޮންޓާއި، ފޮންޓްގެ ސައިޒް އެނގޭނެގޮތަށް ހުށަހަޅަންވާނެއެވެ.
- ލޯގޯ ހުށަހެޅި ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ / ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
- ލޯގޯ ހުށައަޅާ ފަރާތަކީ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތެއްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިގްރާރް.
- ލޯގޯ އިން އަދި ލޯގޯގައި ބޭނުންކޮށްފައިވާ ކުލަތަކުން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް، ލިޔުމުން ހުށަހަޅާ ތަފްޞީލްކޮށްދެންވާނެއެވެ.
- ހުށަހަޅާ ލޯގޯ އާއި އެކު އެ ލޯގޯގެ ޕްރެޒެންޓޭޝަން އެއް ހުށަހަޅުއްވަންވާނެއެވެ.
- ލޯގޯ ފަރުމާކޮށްފައިވާ ވެކްޓަރ ފައިލް ހުށަހަޅަންވާނެއެވެ.
- ލޯގޯގައި އަމިއްލަ ފޮންޓެއް ބޭނުންކޮށްފައިވާނަމަ، އެފޮންޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި އެފޮންޓް ބޭނުން ކުރުމުގެ ހުއްދަ ކައުންސިލަށް ދޭންވާނެއެވެ.
- ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއި ނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
- ލޯގޯ ހުށަހެޅި ފަރާތުގެ ވަނަވަރު.
- ދިދަ، ޖާރޒީ، ލެޓަރހެޑް އަދި ސްޓަރފް ކާޑް، ޔުނީފޯމް އަދި ވެބްސައިޓް ފަދަ ތަކެތީގައި ލޯގޯ ބޭނުން ކޮށްފައި ހުންނާނެ ގޮތުގެ ވެކްޓަރ ފައިލް ހުށައަޅަންވާނެއެވެ.
- ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯއެވެ. ހުށައަޅާ ކޮންމެ ލޯގޯއަކާއި އެކު ލޯގޯއާއިއެކު ހުށައެޅުމަށް މަތީގައި ބުނެފައިވާ ހުރިހާ ތަކެތި ވަކިން ހުށައަޅަންވާނެއެވެ.
މާކުސް ދެވޭނެ ގޮތުގެ ތަފްޞީލް
- ލޯގޯ ފަރުމާ ކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑު ތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
- ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު
- ދަނބިދޫ ސިފަކޮށްދީފައިވާ މިންވަރު
- ލޯގޯގެ ފަރުމާތަކަށް އިންސާފް ކުރާނީ ކައުންސިލް އިދާރާއިން އެކަމަށް ޚާއްޞަ ކުރެވޭ ކޮމިޓީއަކުންނެވެ.
- ކައުންސިލްގެ ލޯގޯ ހޮވުމުގައި ލޯގޯ ތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ 5 (ފަހެއް) ލޯގޯ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ރައްޔިތުންގެ ޚިޔާލަށް ހުޅުވާލެވޭނެއެވެ. ރައްޔިތުންގެ ވޯޓުން ލޯގޯ އިޚުތިޔާރު ކުރުމަށް ކަނޑައެޅޭ މިންވަރު ނިންމާނީ އިންސާފު ކުރުމަށް އެކުލަވާލެވޭ ކޮމެޓީއިންނެވެ.
މާކުސް ދެވޭނެ މިންގަނޑު
# |
ކުރައިޓީރިއާ |
މާކުސް |
1 |
ކޮލިޓީ އަދި ޓެކުނިކަލް ފެންވަރު |
35 |
2 |
އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން |
20 |
3 |
އަމިއްލަވަންތަކަން |
15 |
4 |
ލ.ދަނބިދޫ ސިފަކޮށްދީފައިވާ މިންވަރު |
30 |
އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6800724 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.