ދިވެހިރާއްޖެ
ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓް ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ފަރުމާކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.
|
ތާރީޚް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
19 ފެބުރުއަރީ 2024 |
11:00 |
ޒޫމް މެދުވެރިކޮށް، ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ |
އަގު ހުށަހެޅުން |
28 ފެބުރުއަރީ 2024 |
11:00 |
ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ |
- ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700502 ނުވަތަ ވައިބަރ ނަންބަރ 7949275 އަށް މެސެޖުކުރައްވާ ނަން ނޯޓް ކުރެއްވުމުން އެފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވައިދެވޭނެވެ.
- ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 19 ފެބުރުއަރީ 2024ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު:
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،
ފޯން: 6700502، ވައިބަރ: 7949275، އީމެއިލް: [email protected]