ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް ލީގަލް ކޮންސެލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ލޯ ފާރމެއް ހޯދުމާއި ބެހޭ

 މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ލީގަލް ކޮންސެލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ލޯ ފާރމެއް ހޯދަން ބޭނުންވެއެވެ. ކޮންޓްރެކްޓްގެ މުއްދަތު ހަމަވި ނަމަވެސް މަސައްކަތަށް ރަނގަޅު ކަމުގައިވާނަމަ، އިތުރު އިޢުލާނެއް ކުރުމަކާ ނުލައި އިތުރު 1 (އެކެއް) އަހަރަށް ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވ

 ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުގައި މައުލޫމާތު ސާފުކުރުމަށް އަދި ބީލަން ހުށައެޅުމަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފްކުރުން

15 ފެބްރުއަރީ 2024

(ބްރާސްފަތި)

10:00

ގއ. ވިލިނގިލި ކައުންސިލް އިދާރާގެ ވަގުތީ މީޓިންގ ރޫމް

ބީލަން ހުށަހެޅުން

20 ފެބްރުއަރީ 2024

(އަންގާރަ)

10:00

ގއ. ވިލިނގިލި ކައުންސިލް އިދާރާގެ ވަގުތީ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޓެލެފޯނު ނަންބަރު: 6822504 / 6822511 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

12 ފެބުރުވަރީ 2024
ހޯދާ