ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެހިކަލްތައް މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާގެ ވެހިކަލްތައް މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)243-S02/243/2015/01) އިޢުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މިއިދާރާގެ މިދަންނަވާ ވެހިކަލްތައް އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ފުރުޞަތު ހުޅުވާލައި އަލުން އިޢުލާން ކުރަމެވެ.

1- ނަންބަރު 4878 B1A ވޭން   

2- ނަންބަރު 2635 B1A ކާރު    

3- ނަންބަރު 3925B1A  ވޭން    

4- ނަންބަރު 1214 C2A ޕިކަޕު    

5- ނަންބަރު 1249 C2A ޕިކަޕު

6- ނަންބަރު 4344 B1A ކާރު

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ކުންފުނި، ޕާރޓްނަޝިޕް، ކޯޕަރޭޓިވްސޮސައިޓި، އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކުން 15 އެޕްރީލް 2015 ބުދަ ދުވަހުގެ 11:00ގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އެޕްރީލް 2015 އަންގާރަދުވަހުގެ 11:00ގައި މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

20 ޖުމާދަލްއާޚިރާ 1436                 

09 އޭޕްރިލް 2015
ހޯދާ