ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް ސަރވޭ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ސަރވޭގެ މައިގަނޑު މަގްޞަދަކީ، ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ޗެނަލް ރޭޓިންގ ލިސްޓް ޕޮލިސީ އެކުލަވާލުމުގައި މުހިއްމު، ވިއުއަރޝިޕް ( ބަލާ މިންގަނޑު) އަދި އަޑުއަހާ ފަރާތްތަކުގެ ވަށްޓަފާޅި ދެނެގަތުމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން (2024 ފެބްރުވަރީ 22 ވާ ބުރާސްފަތި) ދުވަހުގެ 11:00 އަށް މި ކޮމިޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަސައްކަތަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފަރެންސްގައި ހިމަނާފައިވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- މަސައްކަތަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ކޮމްޕެނީ ޕްރޮފައިލް /މަސައްކަތް ކޮށްދެވޭނެ އަގެެއްގެ ކޯޓޭޝަން.
- ކުރިން ކޮށްފައިވާ މިފަދަ މަސަކަތްތައް ނިންމިކަމުގެ ލިޔުންތައް.
- ޓެކްސް ކްލިއަރެންސް ރިޕޯޓް ( ވިޔަފާރި ތަކުގެ ފާއިތުވި 3 މަސްދުވަހުގެ )
- ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ)
- ވިޔަފާރި ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ
ޕްރޮޕޯސަލް ހުޅުވުން
ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވަނީ (2024 ފެބްރުވަރީ 22 ވާ ބުރާސްފަތި) ދުވަހުގެ 11:00 ގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބާޠިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ، އީމެއިލް އެޑްރެސް [email protected] އަށް އީ-މެއިލް ނުވަތަ 3334333، ފޯނާއި ގުޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ގ.ބިއްލޫރިޖެހިގެ ،03 ވަނަ ފަންގިފިލާ، މަޖީދީ މަގު،
މާލެ، ދިވެހިރާއްޖެ.
މަޝްރޫޢުގެ ނަން: Broadcast Audience Survey
1 ޝައުބާން 1445
11 ފެބްރުވަރީ 2024