ދިވެހިރާއްޖެ
ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ
މިއިދާރާއިން ދޭ މަޢްލޫމާތާ އެއްގޮތަށް ކުނިކޮށި ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން
1- މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
2- މަޢުލޫމާތު ދިނުން އޮންނާނީ 21 ފެބްރުވަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގައި މީދޫ ކައުންސިލް އިދާރާގައެވެ.
3- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 ފެބްރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މީދޫ ކައުންސިލް އިދާރާގައެވެ.
މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަޑުތައް
ތަފްޞީލް |
އިންސައްތަ |
ހުށަހަޅާފައިވާ އަގަށް (އެންމެ ކުޑައަގު ބެންޗްމާކުކަމުގައި ބަލައިގެން) |
95% |
ތަޖްރިބާއަށް (ތަޖްރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ދާއިރާއާއި ގުޅުންހުރި ލިޔުން ތަކަށްވުމާއި، އަދި ލިޔުން ދޫކުރި ފަރާތުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުންތަކެވެ.) |
5% |
މިއިއުލާނާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅައިފައިނުވާ ނަމަ ހުށަހެޅުން ބާޠިލް ކުރުމުގެ އިޚްތިޔާރު ކައުންސިލްއަށް ލިބިގެންވެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.