ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮތޯރިޓީގެ ނަންބަރު IUL)221-AF/221/2015/25) އިއުލާނު ބާޠިލްކޮށް، ތިރީގައިވާ މަޤާމުތަކަށް އަލުން އިއުލާންކުރަމެވެ.

 

މަޤާމް: އެޑްވޮކޭޓަރ، ޕްރޮޖެކްޓް މެނޭޖްމަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

ކުލެސިފިކޭޝަން: MS3

އަސާސީ މުސާރަ: -/7،035 ރުފިޔާ

ސަރވިސް އެލަވަންސް: -/2,000 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

  • ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެގޮތުން ކައުންސިލްތަކަށާއި ކައުންސިލް އިދާރާއަށް ބޭނުންވާ ހުނަރާއި ތަމްރީންތައް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ޢިލްމީ ދިރާސާއާއި އެހެނިހެން މަސައްކަތް ކުރުން.
  • ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެގޮތުން ކައުންސިލްތަކަށާއި ކައުންސިލް އިދާރާގެ މުއައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ފާހަގަކުރުމަށްފަހު، އެކަމަށް ބޭނުންވާ ސިލަބަސްތަކާއި މެޓީރިއަލް ތައްޔާރުކުރުން.
  • ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ހިންގުމަށްޓަކައި ބޭނުންވާ އިދާރީ ތަމްރީނުތަކާއި ފަންނީ ތަމްރީންތައް ރާވައި ހިންގުން.
  • ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެގޮތުން ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ކުރަންޖެހޭ ޢިލްމީ ދިރާސާތައްކުރުމާއި، މަޢުލޫމާތު ހޯދުމާއި އާއްމުކުރުން.
  • ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ކައުންސިލްތަކުން އެދި ހުށަހަޅާ ތަފާތު ތަމްރީންތައް ހިންގުމާއި، ތަމްރީންތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރުން.
  • ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން އެކިއެކި މުވައްސަސާތަކުން އެދޭ ލާމަރުކަޒީ ނިޒާމާ ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ކައުންސިލްތަކަށް ހިންގައިދިނުން.
  • އެލް.ޖީ.އޭ އިން ރާވައިގެން ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި ކިޔަވައިދޭނެ ފެސިލިޓޭޓަރުން ހޯދައި، ކަމާގުޅޭ މަޢުލޫމާތާއި، ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން.
  • ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމުގެގޮތުން، ކައުންސިލްތަކުން  އެދި ހުށަހަޅާ ތަފާތު ޓްރޭނިންގތައް ރާވައި، އެފަދަ ޓްރޭނިންގ ޕްރޮގްރާމްތައް ކައުންސިލްތަކަށް ހިންގައިދިނުމާއި، ފެސިލިޓޭޓަރެއްގެ ހައިސިއްޔަތުން ޓްރޭނިންގތަކުގައި ކިޔަވައިދިނުން.
  • ކައުންސިލްތަކަށް ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ބޭނުންވާ ޓްރޭނިންގތައް ފާހަގަކޮށް،  ކޮންމެހެން ހުންނަންޖެހޭ ހުނަރާއި މަޢުލޫމާތުހުރި މިންވަރު ބެލުން.
  • ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ޓްރޭނިންގ ރިކުއަރމެންޓްތަކަށް ބޭނުންވާ ކޯސްތައް ފަރުމާކުރުމާއި، މުޤައްރަރުތައް އެކުލަވައިލުމާއި، އެމްކިއުއޭއަށް ހުށަހަޅައިގެން ކޯސްތައް އެކްރެޑިޓްކުރުމަށް މަސައްކަތްކުރުމާއި، ޓްރޭނިންގއަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމުގެ ކަންކަން ކުރުން.

 

އުޖޫރަޔާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/4000 ރުފިޔާ (ހަތަރުހާސް ރުފިޔާ) ދެވޭނެއެވެ. 

 

މަޤާމް: ސީނިއަރ ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ކުލެސިފިކޭޝަން: MS3

އަސާސީ މުސާރަ: މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް: -/2,000 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ސިވިލް އިންޖިނިއަރިންގ ނުވަތަ އާކިޓެކްޗަރގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
  • ސިވިލް އިންޖިނިއަރިންގ ނުވަތަ އާކިޓެކްޗަރގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
  • ސިވިލް އިންޖިނިއަރިންގ ނުވަތަ އާކިޓެކްޗަރގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
  • ސިވިލް އިންޖިނިއަރިންގ ނުވަތަ އާކިޓެކްޗަރގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މީހުން ބިނާކުރުމާއި، އިޖުތިމާޢީ މަޝްރޫޢުތަކަށް އެކުލަވައިލެވޭ ޕްރޮޖެކްޓްތައް އެކުލަވައިލުމުގެ މަސައްކަތް ކުރުން.
  • ޕްރޮޖެކްޓްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  • ޕްރޮޖެކްޓްތައް ހިނގާނުހިނގާގޮތް ބަލައި ވަޒަންކުރުން.
  • ޕްރޮޖެކްޓްތަކުގެ މަސައްކަތް ވަޒަންކުރުމަށްފަހު، ލިބޭ މަޢުލޫމާތުގެ އަލީގައި ގެންނަންޖެހޭ ފަންނީ ބަދަލުތައް ގެނައުމަށް ލަފާދިނުން.
  • ޕްރޮޖެކްޓްތަކާ ގުޅިގެން ދޭންޖެހޭ ތަމްރީންތަކަށް ބޭނުންވާ ޢިލްމީ ކަރުދާހާއި ފަންނީ ކަރުދާސް ތައްޔާރުކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/4،000 ރުފިޔާ (ހަތަރުހާސް ރުފިޔާ)  ލިބޭނެއެވެ. 

މަތީގައިވާ މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މަތީގައިވާ މަޤާމުތަކަށް މީހުން ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ނުވަތަ މަތީ ތަޢުލީމް ހާސިލުކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބުނުނަމަވެސް، ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ގަބޫލުކުރައްވާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭފަދަ ރަސްމީ ލިޔުމެއް.
  • ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

ސުންގަޑި:

  • މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިޔުންތަކާއެކު 2015 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 15:00 ށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން (އެޓޯލް ޕޯސްޓް ބިލްޑިންގ، ފުރަތަމަ ފަންގިިފިލާ) ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން (www.lga.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ، ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013124 ނަންބަރު ފޯނާ ގުޅުމުން ނުވަތަ 3006724 ނަންބަރު ފޯނާ ގުޅުމުން، ސާފުވާނެއެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015
ހޯދާ