ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަނޯއްލާ ދަރުބާރުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.

ނަންބަރ: (IUL)258/258/2024/21       

އިޢުލާން

   

"ފަނޯއްލާ" ދަރުބާރުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

2024 ފެބުރުވަރީ މަހުގެ 27 ން 2024 މާރޗް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް، ހަނިމާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފަނޯއްލާ" ދަރުބާރުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިއިވެންޓުގެ އެންމެހާ ކަންކަން ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާނީ މިއިދާރާގެ ޖަލްސާކުރާ މާލަމަށެވެ. މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައަޅަން ވީތާރީޚް ތިރީގައި މިދަންނަވަނީއެވެ.

 

ތަފްސީލް

ތާރީޙް

ގަޑި

މަޢުލޫމާތު ސާފުކުރުން

19 ފެބުރުވަރީ 2024

10:00

އަންދާސީ ހިސާބުހުށަހެޅުން

25 ފެބްރުވަރީ 2024

10:00

 

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، އަދި މި އަންދާސީ ހިސާބުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކައް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01  ޝަޢުބާން  1445

11  ފެބުރުވަރީ  2024

11 ފެބުރުވަރީ 2024
ހޯދާ