ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ގަން އިންޓަނޭޝަނަލް އެއަރޕޯޓް ޓްރާންސިޓް ލައުންޖުގައި ޤާއިމުކޮށްފައިވާ އޮތެންޓިކް މޯލްޑިވްސް އައުޓްލެޓްގައި ހިމެނޭ ކެފެޓީރިއާ ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)BCC-PS/1/2023/85 އިޢުލާނު ބާތިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ވަގުތު |
އަންދާސީހިސާބު ހުށަހެޅުން |
މާލޭގައި ނަމަ މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ އައްޑޫ ސިޓީގައި ނަމަ ހިތަދޫ ބިޒްނަސް ސެންޓަރު، އަސޭނާ 4، ސ.ހިތަދޫ |
ހޯމަ |
19 ފެބުރުވަރީ 2024 |
14:00 |
ބީލަން ތައްޔާރުކުރައްވަން ވާނީ، އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހަށް ސަމާލުކަން ދެއްވައިގެންނެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވޮލޮޕްމަންޓުގައި އެންމެ ކުދި، ކުދި އަދި މެދު ގިންތީގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.