ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އިދާރާއިން ހދ.މަކުނުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް 2023 އޮކްޓޯބަރ 4 ގައި ކުރެވުނު އިޢުލާން ނަންބަރ (IUL)270/270/2023/127 އަށް ބަންޑާރަ ގޯއްޗަށްއެދި ހުށަހެޅި ފޯމް "ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާ ކޮމެޓީ" އިން ވިލަރެސް ކުރުމަށްފަހު އެފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް ޢާއްމު ކުރީމެވެ. ލިސްޓަށް ޝަކުވާއަށް ހުޅުވާލެވިފައި ވަނީ 2024 ފެބްރުއަރީ 11 ވަނަ ދުވަހުގެ 12:00 އިން 2024 ފެބްރުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ޝަކުވާ ހުށައެޅޭނީ އެކަމަށް ޙާއްޞަކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މިކަމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ ކޮންމެ ރަސްމީ ދުވަހެއްގެ 9:00 ން 13:00 އަށް، ފޯން ނަންބަރ 9324714 އަށް ގުޅުއްވާ ސާފުކުރެއްވުން އެދެމެވެ. ނުވަތަ ނަންބަރަށް އައިޑީ ކާޑު ޖެއްސެވުމަށްފަހު ޓެކްސްޓް މެސެޖެއް ކުރެއްވުން އެދެމެވެ.
ގެވަޅު ޕޯޓަލް ލިންކް: http://portal.ekaheri.com (ލޮގިން ވެވޭނީ 2024 ފެބްރުއަރީ 11 ވަނަ ދުވަހުގެ 12:00 ގެ ފަހުން)
ގެވަޅު ޕޯޓަލް ބޭނުންކުރާނެ ގޮތުގެ ގައިޑްލައިން: https://shorturl.at/lpvMN
ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް (ތަފްޞީލް): https://shorturl.at/lmEKL
ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް (ޚުލާސާ): https://shorturl.at/nzKQR
މުހިންމު ތާރީޚްތައް:
# |
ތަފްސީލް |
ތާރީޚް |
މުއްދަތު ހަމަވާ ތާރީޚް |
1 |
ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން |
10 ފެބްރުއަރީ 2024 |
15 ފެބްރުއަރީ 2024 |
2 |
ޕޮއިންޓް އެއްވަރުވާ ދެމަފިރިން ގޮތެއް ނިންމުމަށް މުހުލަތުދީ ސިޓީ ފޮނުވާ ތާރީޚް |
11 ފެބްރުއަރީ 2024 |
15 ފެބްރުއަރީ 2024 |
3 |
އެންމެ ފަހު ގޯތިތަކަށް ވާދަކުރާ މީހުންގެ ގުރު ނެގުމަށް ސިޓީ ފޮނުވުން |
15 ފެބްރުއަރީ 2024 |
|
4 |
ވަކި ގޮތެއް ނުނިމޭ ދެމަފިރިންނަށް ގުރުއަތު ނެގުމަށް ސިޓީ ފޮނުވުން |
15 ފެބްރުއަރީ 2024 |
|
5 |
ގުރުއަތު ނެގުން |
18 ފެބްރުއަރީ 2024 |
|
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.