މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކައިލުމަށް

މި އިދާރާގެ ބެލުމުގެ ދަށުގައިވާ 02 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކައިލުން

މި އިދާރާގެ ނަންބަރ A/273/2012/17 (ތާރީޚު:23 މެއި 2012) ގައި ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފާއިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ޖަނަރޭޓަރުތައް ސިޓީލާ ނީލަމުގައި ވިއްކައިލުމަށް އަލުން އިޢުލާން ކުރަމެވެ.

މިނީލަން ފެށޭ ތާރީޚަކީ 08 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 9:00 އެވެ. މި ނީލަމުގައި ފެކްސްގެ ޒަރީއާއިން ހުށަހަޅާ އަގުތައްވެސް ބަލައިގަނެވޭނެވެ.

ނީލަމަށް ހުށަހެޅޭ އެންމެ މަތީ އަގު ކޮންމެދުވަހަކު ކައުންސިލްގެ އިދާރާ ބަންދުވުމުގެ ކުރިން މި އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓޭނެއެވެ. ނީލަމަށް އަގު ހުށައަޅަންވާނީ ކޮންމެ ޖަނަރޭޓަރަކަށް ވަކިން އެއީ ކޮން ޖަނަރޭޓަރެއް އެނގޭ ގޮތަށެވެ.

ޖަނަރޭޓަރތައް ބައްލަވަން ބޭނުންފުޅުވާ ފަރާތް ތަކުން ތިރީގައި ބަޔާން ކޮށްފައިވާ ނަންބަރަށް ގުޅުއްވުމުން ނުވަތަ ރަސްމީ ދުވަހު ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގަތުމުން އެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

ނީލަމަށް އެންމެ ފަހުން ހުށަހެޅޭ އަގަށް ބަދަލެއްނައިސް 72 ގަޑިއިރު ވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމައިލެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9980804 ނަންބަރު ފޯނާއެވެ.

ޖަނަރޭޓަރުތަކުގެ މަޢުލޫމާތު

ޖަނަރޭޓަރުގެ އަދަދު

ނީލަމުގައި ވިއްކާލެވޭ ތަކެތީގެ ތަފުސީލު

ހުރި ހާލަތު

ނީލަން ފެށޭއަގު

އިތުރު ކުރެވޭ އަގު

01

28ކިލޯވޯޓްގެ ޔަންމާ ޖަނަރޭޓަރ

ރަނގަޅު

30000.00

500.00

01

48 ކިލޯވޯޓްގެ ޕާކިންސް ޖަނަރޭޓަރ

ރަނގަޅު

40000.00

500.00

18 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ