ދިވެހިރާއްޖެ
ނ.މާފަރުގެ ގެތަކުންގަ އުފެދޭ ބަދިގެ ބާކީއާއި ކަރުގޮހޮރު އުކާލަދޭނެ ފަރާތަށް ހޯދުމަށް ހުޅުވާލަމެވެ.
މި ކައުންސިލްގެ ނަމްބަރ(IUL)290-ADMIN/290/2024/1 އިއުލާނަށް ބީލަން ހުށައަޅާފައިވާ އަގު ބޮޑު ކަމަށް މި ކައުންސިލަށް ފެންނާތީ އެ އެއިއުލާން ބާތިލުކުރުމަށް ފަހު އަލުން އިއުލާން ކުރަމެވެ.
މިއިދާރާއިން އަންގާ އުސޫލެއްގެ ދަށުން، ބަދިގެ ބާކީ ކުންޏާއި ކަރުގޮހޮރު ކައުންސިލުން އަންގާ ސަރަޙައްދަކަށް އުކާލަދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މާފަރު ކައުންސިލް އިދާރާ އަށް " ބީލަން ހުށަހެޅުމަށް އެދޭ ފޯމް" ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު:-
# |
ކުރަންޖެހޭ މަސައްކަތް |
މުއްދަތު |
1 |
ނ.މާފަރުގެ ގެތަކުން އުފެދޭ ބަދިގެ ބާކީއާއި ކަރުގޮހޮރު އުކާލަދިނުން |
1 (އެކެއް) އަހަރު |
- މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުށަހެޅުން އޮންނާނީ 15 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާފަރު ކައުންސިލް އިދާރާގައެވެ.
ތަޖުރިބާ ލިއުންތައް
މި މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ އެންމެހާ ތަޖުރިބާ ލިއުންތަށް
މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ކުލި:
މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ މަހު ކުލި (މީލާދީ މަހަކަށް ޖެހޭވަރު) ހިމަނަންވާނެއެވެ.
ބީލަން ހުށައަޅާ ފޯމް:
ބީލަން ހުށަހަޅާ ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅަން ވާނެއެވެ.
މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުމެއް
މާކުސް ދެވޭގޮތުގެ ތަފުސީލު:
މާކުސް ދެވޭނެ ކްރައިޓީރިއާ |
މާކުސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅާ މަހުކުއްޔަށް |
% 90 |
|
ތަޖުރިބާ |
% 10 |
|
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ރަޖަބް 1445