މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާއިބެހޭ ޤަވާއިދުގެ ދަށުން ކައުންސިލުން ކަނޑައެޅުމަށް ލާޒިމްކޮށްފައިވާ ކަންކަމާއި ގުޅޭ

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާއިބެހޭ ޤަވާއިދު ( R-181/2022 ) ގެ ދަށުން ކައުންސިލުން ކަނޑައެޅުމަށް ލާޒިމްކޮށްފައިވާ ކަންކަންމާކުރަތު ކައުންސިލްގެ4 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 143 ވަނަ ރަސްމީ އާންމު ޖަލްސާއިން ކަނޑައަޅާފައިވާ ގޮތްތައް އަންގާ އިޢުލާނު ކުރީމެވެ.

¬          އެކިފަހަރުމަތިން ފައިސާ ދެއްކޭނެ އެންމެ ދިގު މުއްދަތަކީ 5 އަހަރު ދުވަހެވެ.

¬          އެއްފަހަރާ ފައިސާ ދައްކާނަމަ، އަގަކީ އަކަފޫޓަކަށް -/75 (ހަތްދިހަ ފަސް ރުފިޔާ) އެވެ.

¬          އެކި ފަހަރު މަތިން ބަހާލައިގެން ފައިސާ ދައްކާނަމަ، އަކަފޫޓެއްގެ އަގަކީ -/100 (ސަތޭކަ ރުފިޔާ) އެވެ.

¬          އަތިރިމައްޗަށް ވާގޮތަށް ހުންނަ ގޯތިތަކުގެ އަގަކީ އަކަފޫޓަކަށް -/150 (ސަތޭކަ ފަންސާސް ރުފިޔާ) އެވެ.

 

ބަންޑާރަ ބިން އަމިއްލަކުރުމުގެ އަގުތަކަށް ގެނެވުނު ބަދަލުތަކަށް 07 ފެބުރުއަރީ 2024 ން ފެށިގެން ޢަމަލު ކުރެވެމުންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 ފެބުރުވަރީ 2024
ހޯދާ