ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޤަތަރު ޔުނިވަރސިޓީ ސްކޮލަރޝިޕް 2016/2015

ޤަތަރު ޔުނިވަރސިޓީ ސްކޮލަރޝިޕް 2015/2016

މި ސްކީމްގެ ދަށުން ސްކޮލަރޝިޕް ލިބޭ ފެކަލްޓީތަކާއި، ކޯސްތަކުގެ މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓް:www.dhe.gov.mv އިންނާއި، ޤަތަރު ޔުނިވަރސިޓީގެ ވެބްސައިޓް http:www.qu.edu.qa/admissions އިން ލިބެން ހުންނާނެއެވެ.

ކޯހުގެ ދާއިރާ:

ބެޗެލަރސް ޑިގްރީ

ކޯހުގެ ލެވެލް

03 ސްކޮލަރޝިޕް

ކޯހުގެ އަދަދު

ޤަތަރު

ޤައުމު

  • ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މިމާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) އަދި
  • ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) ނުވަތަ  ޝަހާދާ ޘާނަވިއްޔާއިން %70 އަށް ވުރެ މަތިން ފާސްވެފައިވުން. އަދި
  • ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.ސީގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ TOEFL އިން 525 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. އަދި
  • މީގެ އިތުރުން ޤަތަރު ޔުނިވަރސިޓީން ވަކިވަކި ކޯސްތަކަށް ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ. އަދި
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނު ފަހުން ތިރީގައިވާ މުއްދަތަށް 16 އޭޕްރީލް 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން.

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން.

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި

  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އިން އަމަލު ކުރާނެ އުސޫލު" ގެ ދަށުންނެއެވެ.

ކޯހުގެ ޝަރުތުތައް:

  • މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މި ސްކޮލަރޝިޕަށް ހުށަހަޅާ ކެނޑިޑޭޓުންގެ ތެރެއިން މި ސްކޮލަރޝިޕަށް ނޮމިނޭޓްކުރާ 03 ކެނޑިޑޭޓުންގެ އެޕްލިކޭޝަން ޤަތަރަށް ފޮނުވޭނެއެވެ.
  • މި ސްކޮލަރޝިޕަކީ ކޮމްޕީޓްކުރަންޖެހޭ ފުރުޞަތްތަކަކަށްވާތީ، ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ކޯހުގެ ފުރުޞަތު ދީފައިވާ ޤަތަރު ޔުނިވަރސިޓީ އިންނެވެ.
  • މި ސްކީމަށް ހޮވޭ ދަރިވަރުންނަށް ކޯސް ފީ، ފޮތް ގަތުމުގެ އެލަވަންސް، އެކަމަޑޭޝަން، އެއަރ ޓިކެޓް އަދި ޕޮކެޓް މަނީގެ ގޮތުގައި މަހަކަށް 500.00 (ފައްސަތޭކަ) ޤަތަރު ރިޔާލް ޤަތަރު ޔުނިވަރސިޓީގެ ފަރާތުން ހަމަޖައްސައިދޭނެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިއުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތް ކުރަން ބޮންޑްކުރެވޭނެއެވެ.
  • މި އިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންއިން ޢަމަލު ކުރާނެ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މިޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނުނަމަވެސް ސްކޮލަރޝިޕް ދެއްވާފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރއެޑިއުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އިތުރު އެހެން ފުރުޞަތުތަކެއް އެދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.
  • މި ސްކޮލަރޝިޕަށް މި ޑިޕާޓްމަންޓުން ނޮމިނޭޓްކުރާ ފަރާތްތަކުން، އޮންލައިން އެޕްލިކޭޝަން ފޯމު ފުރުމާއި، އެޕްލިކޭޝަން ފީގެ ގޮތުގައި 200.00(ދުވިސައްތަ) ޤަތަރު ރިޔާލް ޤަތަރު ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ. އޮންލައިން އެޕްލިކޭޝަން ޤަތަރު ޔުނިވަރސިޓީގެ ވެބްސައިޓް http:www.qu.edu.qa/admissions އިން ލިބެން ހުންނާނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ފުރުޞަތު ލިބޭނެ ފެކަލްޓީތަކާއި، ކޯހުގެ ދާއިރާގެ އިތުރުން ކޯހާ ގުޅޭ އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓް:www.dhe.gov.mv އިންނާއި، ޤަތަރު ޔުނިވަރސިޓީގެ ވެބްސައިޓް http:www.qu.edu.qa/admissions އިން ލިބެން ހުންނާނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓް، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv އަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ އެޕްލިކޭޝަން ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓްފިކެޓްތަކާއި، ޝަހާދާ ޘާނަވިއްޔާ ސެޓްފިކެޓާއި، މާކްޝީޓްގެފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލު.އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސި ބަހުންނެވެ.)
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މި ޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓްފިކެޓްތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލު.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު ޝަރުޠު ނަންބަރު 5 ގައި ބާޔާންކޮށްފައިވާ މުއްދަތަށް 16 އެޕްރީލް 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.  
  • މެޑިކަލް ރިޕޯޓު. (އެޓެސްޓް ކޮށްފައިވާ އަސްލު)
  • މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ޕާސްޕޯޓްގެ ފުރަތަމަ ޞަފްޙާއާއި ޕާސްޕޯޓްގެ މުއްދަތު ހަމަވާ ތާރީޚު އޮންނަ ސަފުހާ ހިމެނޭ ގޮތަށް) (އެޓެސްޓް ކޮށްފައިވާ އަސްލު)
  • އައި.ކާޑު ކޮޕީ.
  • (6×4) ސައިޒް 2 ފޮޓޯ.

ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 16 އެޕްރީލް 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ/ 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ، އެޕްލިކޭޝަން ފޯމު ހެނދުނު 8.30 އިން މެންދުރުފަހު 14.30 އަށް ވެލާނާގޭ 02 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341383 އިން ލިބިވަޑައިގަންނަވާނެއެވެ.

05 އޭޕްރިލް 2015
ހޯދާ