ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެވެރިފަރާތް ހޯދުމާއިގުޅޭ

ލ. އިސްދޫ / ރަސްފަރު، މަރްޔަމް ޝިފާ އަށް ދޫކޮށްފައިވާ ގޯތީގައި ހުރި ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށްޓަކައި، ރުއްގަހުގެ ވެރިން ހޯދުމަށް އެގޯތީގައި ހުރި ރުއްގަހުގައި މިހާރުވާނީ ރަތްކުލައިގެ ދަވާދުން، S01 އިން S04 އަށް، ނަމްބަރު ޖަހައިފައެވެ.  

           ވީމާ، އެރުއްގަހުގެ ވެރިން، ރުއްގަހުގައިވާ ނަންބަރު ނޯޓު ކޮށް، "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 14 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް  ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. ދަންނަވާފައިވާ ތާރީޚުގެ ފަހުން، ރުއްގަހުގެ ބަދަލުހޯދުމަށްއެދި ހުށައަޅާ ފޯމްތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. 

         "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މި ކައުންސިލްގެ ކައުންޓަރ އިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.

08 ފެބުރުވަރީ 2024
ހޯދާ