ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ކްލާސްރޫމްތަކަށް ބޭނުންވާ ބުކްޝެލްފް ޖައިދޭނެ ފަރާތެއް ހޯދުން

ކްލާސްރޫމްތަކަށް ބޭނުންވާ ބުކްޝެލްފް ޖައިދޭނެ ފަރާތެއް ހޯދުން

            މިސްކޫލުގެ ކްލާސްރޫމްތަކަށް ބޭނުންވާ ބުކްޝެލްފް ޖައިދޭނެ ފަރާތެއް ހޯދުމަށް ނަންބަރު (IUL)RS/1/2024/44 (31  ޖަނަވަރީ 2024) އިޢުލާނާ ގުޅިގެން  ހުށަހަޅާފައިވާ އަގު އެކަމަށް ލިބިފައިވާ ބަޖެޓަށްވުރެ ބޮޑުވުމުގެ ސަބަބުން ބުކްޝެލްފްގެ އަދަދަށް ބަދަލު ގެންނަން ޖެހިފައިވާތީ، އެ ބީލަންތައް ބާތިލުކޮށް ބުކުޝެލެފަށް ގެނެވުނު ބަދަލާއެކު ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

  1. ކިލާސްރޫމްތަކަށް ބޭނުންވާ ބުކްޝެލްފް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
  2. މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 08 ފެބްރުއަރީ 2024 ން 12 ފެބްރުއަރީ 2024 14:00 ގެ ކުރިން އިއުލާން ގައިވާ ބިޑްރެޖިސްޓްރޭޝަން ފޯރމް ލިންކް މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބްރުއަރީ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2024 ފެބްރުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  5. އިއުލާނާއި އެކު މިމަސައްކަތުގެ ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  3359902، 3359900

އީ-މެއިލް: [email protected]

ބިޑްރެޖިސްޓްރޭޝަން ފޯރމް ލިންކް : https://forms.gle/LDVXht3stbkZBAAW7

 

8 ފެބްރުއަރީ 2024

08 ފެބުރުވަރީ 2024
ހޯދާ