ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން: ރަށް ތަމްސީލުކުރާއިރު ކައުންސިލްގެ މަޝްވަރާކުރުމާއި ގުޅޭ
ދެންނެވުން
ރާއްޖޭގައި އެކި ފެންވަރުގައި ބޭއްވޭ ކުޅިވަރު އަދި އެހެނިހެން މުބާރާތްތަކުގައި މިރަށް (ގއ. ކަނޑުހުޅުދޫ) ތަމްސީލްކުރާނަމަ، މުބާރާތުގައި ބައިވެރިވުމުގެ ކުރިން ކައުންސިލާއި މަޝްވަރާކުރުމަށާއި އަދި މިފަދައިން ކައުންސިލްގެ ހުއްދައަކާއިނުލައި ރަށުގެ ނަމުގައި ބައިވެރިވާނަމަ، ރަސްމީކޮށް އެފަދަ މުބާރާތް އިންތިޒާމްކުރާ ފަރާތްތަކާއިގުޅިގެން ކައުންސިލުން ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާކަމަށް، 30 ޖަނަވަރީ 2024ގައި ބޭއްވުނު ކައުންސިލްގެ 2024 ވަނަ އަހަރުގެ 05 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާތީ މިކަން އާންމުކޮށް އިޢުލާނުކުރަމެވެ.
08 ފެބުރުވަރީ 2024
ހޯދާ