ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތ.އަތޮޅު ހޮސްޕިޓަލްގެ އިމާރާތްތަކާއި، ގޯތި ކުނިކަހާ، ފޮޅާ، ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

                                                                              

(IUL)TAH-B/TAH/2024/2ނަންބަރު:

                            އިޢުލާން

 

ތ.އަތޮޅު ހޮސްޕިޓަލްގެ އިމާރާތްތަކާއި، ގޯތި ކުނިކަހާ، ފޮޅާ، ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު،

22 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއޮފީހަށް (ތ.އަތޮޅު ހޮސްޕިޓަލް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީވުން: 15 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

ބިޑް ހުޅުވުން:   22 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު

[email protected] އަށް އީމެއިލްކޮށް ދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 16 ފެބްރުވަރީ 2024 ގެ

ކުރިން [email protected] އަށް އީމެއިލްކޮށް ދެއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓަރ ނުވާ ފަރާތްތަކަށް

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ

އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު

ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.

08 ފެބްރުވަރީ 2024

 

 

08 ފެބުރުވަރީ 2024
ހޯދާ