ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)                     

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން، ފޯނު އެލަވަންސާއި، ޓެނުއަރޝިޕް އެލަވަންސް ލިބޭނެއެވެ.

ވަޒީފާ އޮތް އޮފީސް: ނޮޅިވަރަމް ސުކޫލް / ހދ. ނޮޅިވަރަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން، ނޮޅިވަރަމް ސުކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތިން ފައިސާގެ އެންމެހައި ލިޔެކިޔުންތައް ލިޔެ ބެލެހެއްޓުން.

2- ސުކޫލަށް ހޯދަންޖެހޭ ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، އެކަންކަމާ ގުޅިގެން ބަލަހައްޓަންޖެހޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން. 

3- އިތުރުގަޑީގެ ރިޕޯޓް، ގަޑިޖެހުނުމީހުންގެ ރިޕޯޓް، ހާޒިރީ ރިޕޯޓް ހެދުން.

4- މާލީ ހިސާބުތައް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް މާލީ ހިސާބުތައް ނިންމާފައި، ފޮނުވަންޖެހޭ ހިސާބުތަކާއި ރިޕޯޓްތައް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވައި، ލިބުނުކަން ކަށަވަރުކުރުމާއި، ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.

5- ސިޓީ/ މެސެޖް، ބަލައިގަނެ އެންޓަރކުރުމާއި، ލިޔުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި، އެތަންތަނަށް ލިބުނުކަން ކަށަވަރުކޮށް، އެކަން އެނގޭގޮތަށް ރެކޯޑް ބަލަހައްޓައި، އެ ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.

6- ސުކޫލްގައި ހިމެނޭ އެންމެހައި ތަކެތީގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުމާއި، ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމަށް ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދައި، ނީލަންކިޔުމުގެ އެންމެހައި ކަންކަން ކުރުން.

7- ސްކޫލުގެ ފަރާތުން މެހްމާނުންނަށް އަދާކުރަންޖެހޭ މެހްމާންދާރީގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވުމާއި،  އެކަމަޑޭޝަން.ހަމަޖެއްސުމުގައި ސްކޫލުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓީޗަރުން ފުރުވައިލުމާއި، އެނބުރި އަންނަ ދުވަސްވަރު އެކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

8- އިދާރީ މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީގައި ތިބޭ ދުވަސްވަރު، އިދާރީގޮތުން ބެލެހެއްޓުމަށް ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

9- ދަރިވަރުންގެ ލީވިންގ ސެޓްފިކެޓް ތައްޔާރުކޮށް، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ހަވާލުކުރުން.

10- ޔައުމިއްޔާ ލިޔެ ސޮއިކުރުވުން.

11- ސްކޫލުން ބާއްވާ މީޓިންގތަކަށް އެންގުން.

12- ސްކޫލުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީ ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

13- ދަރިވަރުންގެ ރަޖިސްޓްރީ ޤަވައިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

14- މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކޮށް، ޗުއްޓީއަށް ދިއުމުގެ ކުރިން މުވައްޒަފާ ހަވާލުކުރުން.

15- ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛    

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި،  އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤަބިލުކަމާއި ސިފަތަކަށެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، 2015 އެޕްރީލް 20 އާއި 22 އާ ދެމެދު ތާރީޚެއްގައި ނޮޅިވަރަމް ސްކޫލުގައި އޮންނާނެއެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ސައިޓުން (www.csc.gov.mvން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހދ. ނޮޅިވަރަމް ސުކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 19 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިސުކޫލުގެ (ނޮޅިވަރަމް ސުކޫލުގެ) 6520555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 18 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015
ހޯދާ