ދިވެހިރާއްޖެ
ނޫމަރާ ސްކޫލް
ނޫމަރާ، ދިވެހިރާއްޖެ ނަންބަރު: GS102/IUL/2024/02
އިޢުލާނު
މި ސްކޫލްގެ ވަށާފާރު އަރިއަޅާލާފައިވާ ސަރަހައްދުނަގައި ފާރުން ވެއްޓިފައިވާ ބަޔާއެކު ރާނާ ސިމެންތި ޖަހައި ކުލަލައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ފެބުރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 ފެބުރުއަރީ 28 ވާ ބުދަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާޒީ ހުސާބު ހުށަހެޅުންވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރ: 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރ: 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއ ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީ ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑުކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާޒީ ހިސާބު ހުށުހެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަން. އަދި އަންދާސީ ހިސާބު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ފޯމުވެސް ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ފެބުރުއަރީ 2024