ދިވެހިރާއްޖެ
ބީޗް ހަޓް ހަދާ ސަރަޙައްދުގެ ބައުންޑަރީގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 13 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި އަންދާސީހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއަކާއި ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި ނުވަތަ ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ
ފޯން: 6520043 / 9757175
އީ-މެއިލް: [email protected]
08 ފެބްރުއަރީ 2024