ދިވެހިރާއްޖެ
(IUL)38-AC/38/2024/122 :ނަންބަރު
އިޢުލާން
މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/35 ހަވާލާދީ ދަންނަވަމެވެ. 2024 ފެބުރުވަރީ 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފ. އަތޮޅު އަދި ވ. ފެލިދޫ ކައުންސިލްގެ ރައީސް އަދި ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތައް ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށިތަކުގެ ކޯޑު، ވޯޓުފޮށިތަކުގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށިތައް ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ކޯޑު |
# |
---|---|---|---|---|
މާލެ، |
މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ވ. ފެލިދޫ އަދި ރ. ރަސްގެތީމު ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ. |
ބައި-އިލެކްޝަން، އަތޮޅު-މާލެ-1 |
T0.1 |
1 |
މާލެ، |
މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ފ. ފީއަލި، ފ. ބިލެތްދޫ އަދި ފ. މަގޫދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ. |
ބައި-އިލެކްޝަން، އަތޮޅު-މާލެ-2 |
T0.2 |
2 |
މާލެ، |
މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ފ. ނިލަންދޫ އަދި ފ. ދަރަނބޫދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ. |
ބައި-އިލެކްޝަން، އަތޮޅު-މާލެ-3 |
T0.3 |
3 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.