ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2024/20
އިޢުލާން
ރުއްގަހުގެ ވެރިފަރާތް ހޯދުން.
މަސްވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް، ހަނިމާދޫ ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވާ ސިނާއީ ބިންތަށް ހިމެނޭ ސަރަޙައްދު (ރަންވޭމަގުގެ އިރުން، ބޮޑުތަކުރު ފާނުމަގުގެ އުތުރުން، އަމީނީ މަގުގެ ދެކުނުން، މިހާރު އެގްރިކަލްޗަރ ސެންޓަރުގެ އިރުމަތީ އިމުން ގޮނޑުދޮށަށް) ހިމެނޭ ސަރަޙައްދުގައި އަމިއްލަ މީސް މީހުންގެ ރުއްގަސް ހުރިނަމަ އެފަދަ ރުއްގަހުގެ ވެރިފަރާތް ކަށަވަރު ކުރެވޭނެ ލިޔުން، ނުވަތަ އެފަރާތުގެ ރުއްގަސްކަން އެނގޭނެ ޝަރުޢީ ލިޔުމެއް ވާނަމަ އެފަދަލިޔުން، 2024 ފެބުރުވަރީ 15 ވަނަ ދުވަހުގެ ނިޔަލަށް، މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގައި މި ރުއްގަހުގެ ވެރިން، ވެރިފަރާތްކަން އެނގޭނެ ލިޔުން މިއިދާރާއަށް ހުށަނާޅުއްވައިފި ނަމަ މިރުއްގަހުގެ ވެރިއަކު ނެތްކަމުގައި ބަލައި އެސަރަޙައްދުން ރުއްގަސް ނަގާ ބިން ސާފު ކުރެވޭނެ ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ރަޖަބު 1445
07 ފެބުރުވަރީ 2024