ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.

މަޤާމު:

ޑެޕިއުޓީ ޖެނެރަލް ކައުންސެލް

ބޭނުންވާ ޢަދަދު:

1

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މުސާރައާއި އިނާޔަތް:(ބޭސިކް ޓޭކް-ހޯމް ޕޭ)

-/31,100 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުމުގެ އިތުރުން؛

- ޤާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

- މީގެ ތެރެއިން 1 އަހަރު ދުވަހަކީ ހިންގުމުގެ އިސް މަޤާމެއްގައި ހުރި މުއްދަތަކަށްވުން؛

- ޖިނާތުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛ އަދި

- ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އެފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށާއި، ދާއިމީ ސަބްކޮމިޓީތަކުގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ބޭނުންވާ ޤަނޫނީ ލަފާދިނުން؛
  2. ޝަރުއީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް އަދި މިނޫންވެސް ތަންތަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ބާ ކައުންސިލް ތަމްސީލްކުރުން؛
  3. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ބާ ކައުންސިލާ ގުޅުންހުރި އެންމެހައި ޤާނޫނީ ކަންކަމުގައި ބާ ކައުންސިލަށް އެކި ގޮތްގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ޤާނޫނީ އެކިއެކި ދިރާސާތައް ކުރުމާއި، މި ނޫންވެސް މަޤާމުގެ ޙައިޞިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  4. މުވައްޒަފުންނާ ޙަވާލުކުރެވޭ ޤާނޫނީ މަސައްކަތްތައް ފުރިހަމަކުރަމުންދާކަން ކަށަވަރުކުރުމާއި މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން؛
  5. ކައުންސިލުގެ ޑިޕާޓްމަންޓް /ޑިވިޜަން/ ސެކްޝަން ހިންގުމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކާ ޙަވާލުވާން ޖެހިއްޖެ ޙާލަތެއްގައި އެ ޒިންމާ އަދާކުރުމަށް ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގާ ބެލެހެއްޓުން؛ އަދި
  6. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމު:

ޕްރޮގްރާމް ސްޕެޝަލިސްޓް (ސީ.ޕީ.ޑީ)

ބޭނުންވާ ޢަދަދު:

1

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

ވަޒީފާގެ ދާއިރާ

ޕްރެކްޓިޝަނަރސް އެފެއާޒް – ސީ.ޕީ.ޑީ 

މުސާރައާއި އިނާޔަތް:(ބޭސިކް ޓޭކް-ހޯމް ޕޭ)

-/30,000 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

ސްޕެޝަލިސްޓް އެލަވަންސް:

  1. ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، އަސާސީ މުސާރައިގެ (2,313/- ރ.)
  2. ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، އަސާސީ މުސާރައިގެ %20 (3,084/- ރ.)
  3. ޤާނޫނީ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 15 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، އަސާސީ މުސާރައިގެ %35 5,397/-) ރ.)

- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހިރައްޔިތެއް ކަމުގައިވުން؛

- ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން (މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ސަނަދެއް އޮތުމަކީ އެޑަޑް އެޑްވާންޓޭޖްއަކަށްވާނެއެވެ.)؛

- މެނޭޖްމަންޓް، ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

- މި މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މި މެންޑޭޓު ތަންފީޒުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތަކާއި އެނުއަލް ވަރކްޕްލޭން އެކުލަވާލައި ތަންފީޒުކުރުން؛
  2. ބާ ކައުންސިލުގެ މެމްބަރުންނަށް ބޭނުންވާ ސީ.ޕީ.ޑީ ޕްރޮގްރާމްތައް ޑިވެލޮޕްކޮށް ތަންފީޒުކުރުން؛
  3. ސީ.ޕީ.ޑީ ޕްރޮގްރާމްތަކުގެ ކޮންޓެންޓްގެ ރިލެވަންސް އާއި ކޮލިޓީ ކަށަވަރު ކުރުމަށް ސަބްޖެކްޓް މެޓާ އެކްސްޕާޓުންނާ ގުޅިގެން މަސައްކަތް ކުރުން؛
  4. ދާއިރާއަށް އަންނަ ބަދަލުތަކާއި ކުރިއެރުންތައް ދެނެގަނެ، ސީ.ޕީ.ޑީ ޕްރޮގްރާމްތައް ޑިވެލޮޕްކުރުމަށް ބޭނުންވާ އެންމެހާ މަޢުލޫމާތު ހޯދައި ބެލެހެއްޓުން؛
  5. ސީ.ޕީ.ޑީ ޕްރޮގްރާމްތަކުގެ ހަރުދަނާކަން  ދެނެގަތުމަށް އިވެލުއޭޝަން އެންޑް މޮނިޓަރިންގ މެޓްރިކްސް ޤާއިމުކުރުން؛
  6. ޕްރޮގްރާމުގެ ނަތީޖާއާއި ބައިވެރިންގެ ހިތްހަމަޖެހުމާއި ރަނގަޅުކުރަންޖެހޭ ކަންކަމާ ބެހޭ ރިޕޯޓުތައް ގަވާއިދުން އެކުލަވައިލައި ބެލެހެއްޓުން؛
  7. ބާ ކައުންސިލުގެ މެމްބަރުންގެ ސްކިލްސް ގެޕް ދެނެގަތުމާއި، ޑިވެލޮޕްމަންޓް އޭރިއާތައް ދެނެގަތުމަށް ރެގިއުލަރ ނީޑްސް އެސެސްމަންޓްތައް ހެދުމާއި، ފީޑްބެކް މެކޭނިޒަމްތަކާއި ސަރވޭތައް ބޭނުންކޮށްގެން ވަކީލުންގެ އިންޕުޓް ހޯދުން؛
  8. ބޭރުގެ ތަމްރީނުދޭ ފަރާތްތަކާއި، އިންޑަސްޓްރީގެ މާހިރުންނާއި، ތަޢުލީމީ މަރުކަޒުތަކާ ގުޅުން ބަދަހިކޮށް ދެމެހެއްޓުން؛
  9. ސީ.ޕީ.ޑީ ބަޖެޓް އެކުލަވާލުމާއި، ސީ.ޕީ.ޑީ އިނީޝިއޭޓިވްތަކަށް އެހީތެރިވުމަށް ފަންޑިންގ ފުރުޞަތުތައް ނުވަތަ ޕާޓްނަރޝިޕް ހޯދުން؛
  10. ސީ.ޕީ.ޑީ ޕްރޮގްރާމްތަކުގެ ވިޒިބިލިޓީ އިތުރުކުރުމަށް ޕްރޮފެޝަނަލުންނާއި ޖަމިއްޔާތަކުގެ ނެޓްވޯކެއް ބިނާކުރުން؛
  11. ސީ.ޕީ.ޑީ ޕްރޮގްރާމްތަކުގެ ޑެލިވަރީ އާއި އެކްސެސިބިލިޓީ އިތުރުކުރުމަށް ޓެކްނޮލޮޖީ ސޮލިއުޝަންތައް އެކްސްޕްލޯކޮށް ތަންފީޒުކުރުން؛
  12. ސީ.ޕީ.ޑީ އާ ގުޅުންހުރި އިވެންޓްތަކާއި ކޮންފަރެންސްތަކާއި ފޯރަމްތަކުގައި ބާ ކައުންސިލް ތަމްސީލުކުރުން؛
  13. މަތީގައިވާ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ ޕްރޮސީޖަރުތައް އެކުލަވައިލުމާއި މުވައްޒަފުން ޕްރޮސީޖަރަށް ޢަމަލުކުރާކަން ކަށަވަރުކުރުން؛ އަދި
  14. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމު:

އެގްޒާމް އޮޕަރޭޝަންސް މެނޭޖަރ

ބޭނުންވާ ޢަދަދު

1

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

ވަޒީފާގެ ދާއިރާ

ބާ އެޑްމިޝަން – ބާ އެގްޒާމް

މުސާރައާއި އިނާޔަތް:(ބޭސިކް ޓޭކް-ހޯމް ޕޭ)

-/17,975 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހިރައްޔިތެއް ކަމުގައިވުން؛

- ނޫނީ ދާއިރާ، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ސަނަދެއް ހާސިލްކޮށްފައިވުން 

- މެނޭޖްމަންޓް، ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ އަދި 

- އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ އެ ނޫންވެސް އިދާރާއަކަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. އިމްތިޙާނުގެ އެނުއަލް ވަރކް ޕްލޭންއާ އެއްގޮތަށް އިމްތިޙާނުގެ އޮޕަރޭޝަނަލް އެންމެހާ މަސައްކަތެއް ފުރިހަމަކުރެވެމުންދާކަން ކަށަވަރު ކުރުން؛
  2. އިމްތިޙާނަށް ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމާއި، އިމްތިޙާނާ ގުޅޭ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުމާއި، ކަމާބެހޭ އެންމެހާ ލިޔެކިއުމާ ރެކޯޑުތައް ބެލެހެއްޓުން؛  
  3. އިމްތިޙާނާ ގުޅިގެން އެކުލަވާލަންޖެހޭ އެންމެހާ ތަމްރީނުތައް ތަންފީޒުކުރުމަށް ބޭނުންވާ އިދާރީ ކަންކަން ހަމަޖައްސައި ކަމާބެހޭ ލިޔެކިއުން ބެލެހެއްޓުން؛  
  4. އިމްތިޙާނުގެ އިމްޕްލިމެންޓޭޝަން ކަށަވަރުކުރުމަށް އެކުލަވާލެވޭ ކޮމިޓީތަކާއި، ޕެނަލް އަދި އެސެސްމަންޓް ބޯޑުގެ ސެކްރެޓޭރިއަޓް ބަލަހައްޓައި، އިދާރީ އެންމެހާ ކަންކަން ބެލެހެއްޓުން؛ 
  5. އިމްތިޙާނުގެ އިމްޕްލިމެންޓޭޝަންގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކާއެކު އެކަށީގެންވާ ޕްރޮފެޝަލް ގުޅުންތައް ޤާއިމުކޮށް، މަސައްކަތަށް ފަހި މާހައުލެއް އުފެއްދުން؛ 
  6. ބާ އިމްތިޙާނުގެ ލިޔެކިޔުން ބެލެހެއްޓުމަށް ބޭނުންވާ ފިޒިކަލް އަދި ޓެކްނޮލޮޖީ އާ ގުޅޭ ކަންކަން ޤާއިމުކޮށް، ލިޔެކިޔުން ހައި-ސެކިޔުރިޓީގައި ބަލަހައްޓައި، އިމްތިޙާނާބެހޭ ފެސިލިޓީތަކާ މަރުކަޒުތައް ބެލެހެއްޓުން؛ 
  7. ބާ އިމްތިހާނު އޮންނަ ދުވަހުގެ ލޮޖިސްޓިކްސް އާއި އެޑްމިނިސްޓްރޭޝަންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި ޓެސްޓު އެޑްމިނިސްޓަރކުރުމުގެ ކަންކަން ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުން؛ 
  8. ބާ އިމްތިހާނުގެ އެފިޝަންސީ އާއި ސެކިއުރިޓީ އިތުރުކުރުމަށް ޓެކްނޮލޮޖީ ސޮލިއުޝަންތައް ހޯދުމާއި ތަންފީޒުކުރުން؛ 
  9. ބާ އިމްތިހާނަށް ރަޖިސްޓަރކުރުމުގެ ކަންކަން ބަލަހައްޓައި ރަޖިސްޓަރީ ވާ ފަރާތްތަކަށް ފޮނުވަންޖެހޭ މުވާސަލާތުތައް ބަލަހައްޓައި، ބައިވެރިންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުން؛ 
  10. ބާ އިމްތިޙާނު ފުރިހަމަކުރާ ފަރާތްތަކުގެ ރެކޯޑު ބަލަހައްޓައި، އެފަރާތްތަކަށް ދޫކުރަންޖެހޭ ލިޔެކިއުން ދޫކުރުމާއެކު ބާ އެޑްމިޝަން އަށް ބޭނުންވާ މަޢުލޫމާތުތައް ކަމާބެހޭ ސެކްޝަން/ޔުނިޓުތަކާއެކު ޙިއްސާކުރުން؛ 
  11. ބާ އިމްތިޙާނާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ބާ ކައުންސިލުގެ ވެބްސައިޓު، އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ޢާންމުކުރުން؛ 
  12. ބާ އިމްތިޙާނާ ގުޅިގެން އެކުލަވައިލަންޖެހޭ މަޢުލޫމާތުތައް އެއްކޮށް، މީޑިއާއަށް ދޭންޖެހޭ މަޢުލޫމާތުތައް ތައްޔާރުކުރުން؛ 
  13. މަތީގައިވާ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ ޕްރޮސީޖަރުތައް އެކުލަވައިލުމާއި މުވައްޒަފުން ޕްރޮސީޖަރަށް ޢަމަލުކުރާކަން ކަށަވަރުކުރުން؛ އަދި 
  14. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމު:

ޕްރޮގްރާމް ސެކްރެޓަރީ

ބޭނުންވާ ޢަދަދު:

2

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

ވަޒީފާގެ ދާއިރާ

- ބާ އެޑްމިޝަންސް އެންޑް ޕްރެކްޓިޝަނަރސް އެފެއާޒް

- ޕަބްލިކް އިންޓަރަސްޓް، ޕޮލިސީ އެންޑް ރެޕްރެޒެންޓޭޝަން

މުސާރައާއި އިނާޔަތް:(ބޭސިކް ޓޭކް-ހޯމް ޕޭ)

-/11,050 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން؛

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން؛
  2. ކައުންސިލުގެ އެކިއެކި ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލުގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން. 
  3. މަސައްކަތާ ގުޅޭގޮތުން ބާ ކައުންސިލުން އިންތިޒާމްކުރާ އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތައް ރާވައި ހިންގާ ބެލެހެއްޓުން. 
  4. އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޢާންމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 
  5. މަސައްކަތްތަކާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން. 
  6. މަސައްކަތާ ގުޅޭގޮތުން އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބާ ކައުންސިލް ތަމްޘީލުކުރުން. އަދި 
  7. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް

މަޤާމު:

އެގްޒެކެޓިވް އެސިސްޓަންޓް

ބޭނުންވާ ޢަދަދު:

1

މުއްދަތު:

1  އަހަރު (މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

ވަޒީފާގެ ދާއިރާ

ކޯޕަރޭޓް އެފެއާޒް (މެނޭޖްމަންޓް)

މުސާރައާއި އިނާޔަތް:(ބޭސިކް ޓޭކް-ހޯމް ޕޭ)

-/12,625 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- ޤާނޫނީ ދާއިރާއިން / ހިންގުމުގެ ދާއިރާއަކުން މާސްޓަރސް އަދި ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވުން؛

- ހިންގުމުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. އެގްޒެކެޓިވް ލެވެލްގެ ބައްދަލުވުންތަކާއި އިވެންޓުތަކާ ގުޅޭ އެންމެހާ އިންތިޒާމުތަކާއި، ލިޔެކިޔުން ބެލެހެއްޓުން (މިސާލު: ޓޯކިންގ ޕޮއިންޓްސް، އެޖެންޑާ، ޔައުމިއްޔާ، އިމްޕްލިމެންޓޭޝަން ސްޓޭޓަސް، އެޓެންޑަންސް ރެކޯޑު)؛
  2. ބާ ކައުންސިލްއަށް އަންނަ މުހިއްމު ސިޓީ/އީ-މެއިލްތައް ދިރާސާކޮށް، ޖަވާބު ތައްޔާރުކުރުން؛
  3. ކައުންސިލުގެ އެންޓްރީސް/ޑިސްޕެޗްގައި ހުންނަ މުހިއްމު ބައްދަލުވުންތައް/މައްސަލަތައް ދެނެގަނެ، އެފަދަ ޚާއްސަ ބައްދަލުވުންތަކާއި މައްސަލަތަކާގުޅޭ އިންތިޒމުތައް ހަމަޖެއްސުން؛
  4. ތީގައިވާ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ ޕްރޮސީޖަރުތައް އެކުލަވައިލުމާއި މުވައްޒަފުން ޕްރޮސީޖަރަށް ޢަމަލުކުރާކަން ކަށަވަރުކުރުން؛ އަދި
  5. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމް:                     

ސީނިއަރ ޕްރޮގްރާމް އެސޯސިއޭޓް

ބޭނުންވާ ޢަދަދު:

1

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މަސައްކަތުގެ ދާއިރާ:

ލައިސެންސިންގ، ރެޖިސްޓްރޭޝަން، ޕަބްލިކް ނޮޓަރޯ ޕަރމިޓްސް، ލޯ ފަރމް އަދި ލީގަލް ރެޖިސްޓްރޭޝަން، އެޕްލޮއިމަންޓް އެންޑް ވެލްފެއަރ

މުސާރައާއި އިނާޔަތް:(ބޭސިކް ޓޭކް-ހޯމް ޕޭ)

-/13,125 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.   

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ކަނޑައެޅިފައިވާ މަސައްކަތުގެ ދާއިރާއާ ގުޅިގެން އިންތިޒާމުކުރަންޖެހޭ ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން؛
  2. މަސައްކަތުގެ ދާއިރާއާ ގުޅޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލުގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން؛
  3. މަސައްކަތާ ގުޅޭގޮތުން ބާ ކައުންސިލުން އިންތިޒާމްކުރާ އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނާތައް ރާވައި ހިންގާ ބެލެހެއްޓުން؛
  4. އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޢާންމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  5. މަސައްކަތްތަކާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން؛
  6. މަސައްކަތާ ގުޅޭގޮތުން އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބާ ކައުންސިލް ތަމްޘީލުކުރުން؛ އަދި
  7. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމް: 

ސީނިއަރ ފައިނޭންސް އޮފިސަރ

ބޭނުންވާ ޢަދަދު:

1

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މަސައްކަތުގެ ދާއިރާ:

ކޯޕަރޭޓް އެފެއާޒް

މުސާރައާއި އިނާޔަތް:(ބޭސިކް ޓޭކް-ހޯމް ޕޭ)

-/12,625 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- އެކައުންޓިންގ، ފައިނޭންސް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދު ހާސިލްކޮށްފައިވުން.    

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފައިނޭންޝަލް ޕޮލިސީއާ އެއްގޮތްވާގޮތަށް ބާ ކައުންސިލުގެ ބަޖެޓާއި ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  2. ބާ ކައުންސިލުގެ ބަޖެޓުން ޚަރަދުކުރުމާއި، އާމްދަނީ ގޮތުގައި އަދި އާމްދަނީ ނޫން ގޮތުގައި ބާ ކައުންސިލަށް ލިބޭ ފައިސާ ބަލައިގަތުމާއި، ބާ ކައުންސިލުގެ ފައިސާއާބެހޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުން؛
  3. އޮފީހުގެ ޚަރަދު ރިޕޯޓާއި ތިޖޫރީ ރިޕޯޓާއި އާމްދަނީ ރިޕޯޓުތަކާއި މާލީ ހިސާބުތައް އަދި އެހެނިހެން ހިސާބުތައް ނިންމައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން؛
  4. މުވައްޒަފުންގެ މުސާރައާއި ޕެންޝަން ތައްޔާރުކޮށް ބެންކަށް ފޮނުވުން؛
  5. ބާ ކައުންސިލުގެ މާލީ އޮޑިޓަށް ބޭނުންވާ ލިޔެކިޔުން ތައްޔާރުކުރުމާއި، އޮޑިޓަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ އޮޑިޓަރުން ދޭ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ކުރުން؛
  6. އޮފީހުގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމުން؛
  7. މިނޫންވެސް ބާ ކައުންސިލުގެ ފައިސާއާބެހޭ އެންމެހާ ކަންކަން އޮފީގެ ވެރިން ކަނޑައަޅާ ގޮތެއްގެ މަތިން ރާވާ އިންތިޒާމުކުރުން؛ އަދި
  8. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން؛  

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

1

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މަސައްކަތުގެ ދާއިރާ:

އެންޓްރީ އެންޑް ޑިސްޕެޗް / އިދާރީ / ހިއުމަން ރިޒޯސަސް

މުސާރައާއި އިނާޔަތް:(ބޭސިކް ޓޭކް-ހޯމް ޕޭ)

-/10,640 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

-   މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހިރައްޔިތެއް ކަމުގައިވުން؛

- ބިޒްނެސް އެޑްމިނިސްޓްރޭޝަން، ބިޒްނެސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ މިނޫންވެސް މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ބާ ކައުންސިލުގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުން؛
  2. ބާ ކައުންސިލަށް ލިބޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި ޖަވާބު ތައްޔާރުކުރަންޖެހޭ ލިޔުންތަކުގެ ޖަވާބު ތައްޔާރުކޮށް އެ ލިޔުންތައް ފޮނުވުން އަދި، ބާ ކައުންސިލުގެ ރިސެޕްޝަނަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުމުގެ މަސައްކަތް ކުރުމާއި، ބާ ކައުންސިލަށް އަންނަ ލިޔެކިތުންތައް ފައިލްކޮށް ބެލެހެއްޓުން؛
  3. ކައުންސިލުގެ ހިޔުމަން ރިސޯސަސްގެ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުން؛ އެގޮތުން، ބާ ކައުންސިލަށް މުވައްޒަފުން ނެގުމާއި، އިންޑަކްޝަން އާއި، މުވައްޒަފުންގެ ހާޒިރީއާއި، ޗުއްޓީ ސަލާމާ، އަދި މިނޫންވެސް ސްޓާފް ރެކޯޑާގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން؛
  4. ހިއުމަން ރިޒޯސަސްއާބެހޭ ތަފާސް ހިސާބުތައް ބަލަހައްޓައި ބާ ކައުންސިލުގެ އެކި ރިޕޯޓުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން؛
  5. ކައުންސިލުން ބައިވެރިވާ/ އިންތިޒާމްކުރާ ޖަލްސާތަކާއި ދަތުރުތަކުގެ އެންމެހާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން؛
  6. އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން؛ އަދި
  7. ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

1

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މަސައްކަތުގެ ދާއިރާ:

އެންޓްރީ އެންޑް ޑިސްޕެޗް / އިދާރީ / ޕްރޮކިއުމަންޓް

މުސާރައާއި އިނާޔަތް:(ބޭސިކް ޓޭކް-ހޯމް ޕޭ)

-/10,640 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހިރައްޔިތެއް ކަމުގައިވުން؛

- ބިޒްނެސް އެޑްމިނިސްޓްރޭޝަން، ބިޒްނެސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ބާ ކައުންސިލުގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުން؛
  2. ބާ ކައުންސިލަށް ލިބޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި ޖަވާބު ތައްޔާރުކުރަންޖެހޭ ލިޔުންތަކުގެ ޖަވާބު ތައްޔާރުކޮށް އެ ލިޔުންތައް ފޮނުވުން އަދި، ބާ ކައުންސިލުގެ ރިސެޕްޝަނަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުމުގެ މަސައްކަތް ކުރުމާއި، ބާ ކައުންސިލަށް އަންނަ ލިޔެކިތުންތައް ފައިލްކޮށް ބެލެހެއްޓުން؛
  3. ބާ ކައުންސިލުގެ އެނުއަލް ޕްރޮކިއުމަންޓް ޕްލޭން އެކުލަވާލުން؛ އަދި ޕްލޭންއާ އެއްގޮތަށް ޕްރޮކިއުމަންޓުގެ ކަންކަން ކުރިއަށް ގެންދިއުމާއި، މަސައްކަތް ފުރިހަމަކުރެވޭ މިންވަރު ބެލެހެއްޓުން؛
  4. ބާ ކައުންސިލަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހޯދުމާއި، އެ މަސައްކަތަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން؛
  5. ބާ ކައުންސިލުގެ ބިޑް ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމާއި، ބިޑާ ގުޅިގެން އެކުލަވާލަންޖެހޭ ލިޔެކިޔުން އެކުލަވާލުމާ، ބާ ކައުންސިލަށް ހުށަހެޅޭ ބިޑްތަކާގުޅޭ އެންމެހާ ލިޔެކިޔުން ބެލެހެއްޓުމާއި، ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގެ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން؛
  6. ބާ ކައުންސިލުގެ އެސެޓް ރެޖިސްޓަރ ބެލެހެއްޓުން؛ އަދި
  7. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.
  2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް).
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  4. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
  6. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)
  7. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 އިތުރު މަޢުލޫމާތު

- މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.

- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. 

- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ.

- ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.

- މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.

ސުންގަޑި:

22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00ގެ ކުރިން

މަޤާމަށް އެދެންވީ ގޮތް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.

[email protected]

އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

 

07 ފެބުރުވަރީ 2024
ހޯދާ