ދިވެހިރާއްޖެ
މި ހޮސްޕިޓަލުގައި ބޭނުންކުރާ މެޑިކަލް އޮކްސިޖަން ސިލިންޑަރ ހުސްފުޅި ގުދަނުން ނެރިގެން މާލެ ގެންގޮސް، ފިލްކުރުމަށްފަހު މާލެއިން ގެނެސް ގުދަންކޮށްދޭނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލުގައި ބޭނުންކުރާ މެޑިކަލް އޮކްސިޖަން ސިލިންޑަރ ހުސްފުޅި ގުދަނުން ނެރިގެން މާލެ ގެންގޮސް ފިލްކުރުމަށްފަހު މާލެއިން ގެނެސް ގުދަން ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:URH/IUL/2015/05ފ(19 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފްކޮށްފައިނުވާތީ އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އެޕްރީލް 2015 ވަނަ ދުވަހުގެ 2:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އެޕްރީލް 2015 ވަނަ ދުވަހުގެ 2:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
18 ޖުމާދަލްއާޚިރާ 1436