ދިވެހިރާއްޖެ
އިޢުލާން
- މިކޯޓުގެ ގްރައުންޑު ފުލޯގައި އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް:
މިކޯޓުގެ ގްރައުންޑު ފްލޯރގައި މިހާރު ހަރުކުރެވިފައިވާ 24000BTUގެ ސީލިންގް މައުންޓް 3 އެއަރކޮންޑިޝަނަރ ނައްޓާ 24000BTUގެ އައު 03 ސީލިންގް މައުންޓް އެއަރކޮންޑިޝަން (އިންވަރޓަރ) ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. ވީމާ މިދެންނެވުނު މަސައްކަތާއިގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 13 ފެބްރުއަރީ 2024 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯރގައި ހުންނަ ސިވިލް ކޯޓުގެ ކައުންޓަރަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަދި ރަޖިސްޓްރީ ކުރެއްވި ފަރާތްތަކުން 18 ފެބްރުއަރީ 2024 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯގައި ހުންނަ ސިވިލް ކޯޓުގެ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑި ޖެހުމަށްފަހު ގެންނަ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ (1އެކެއް) އަންދާސީހިސާބެވެ.
27 ރަޖަބު 1445
07 ފެބްރުއަރީ 2024