ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2015/W-63
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށްދާ ރީކޮންސްޓްރަކްޝަން އޮފް ހާބަރ ޕްރޮޖެކްޓް (ފޭސް 2) ގެ ދަށުން ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ލޮޓް ނަންބަރު |
ރަށް |
ބިޑް ސެކިޔުރިޓީ ޢަދަދު |
ލޮޓް 1 |
ނ. މާފަރު، ނ. މާޅެންދޫ، ހދ. ނޮޅިވަރަންފަރު އަދި ހދ. ނޮޅިވަރަމް |
95،000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރު ދިވެހިރުފިޔާއިން |
ލޮޓް 2 |
ނ. ވެލިދޫ އަދި ރ. އިންނަމާދޫ |
70,000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރު ދިވެހިރުފިޔާއިން |
ލޮޓް 3 |
މ. ކޮޅުފުށި، ލ. ގަން |
60,000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރު ދިވެހިރުފިޔާއިން |
ލޮޓް 4 |
ކ. ތުލުސްދޫ |
030,00 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރު ދިވެހިރުފިޔާއިން |
ލޮޓް 5 |
ޏ. ފުވައްމުލައް |
20,000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރު ދިވެހިރުފިޔާއިން |
2- މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގގައި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ގައިޑްލައިންސް: IsBD ފައިނޭންސިންގގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން – ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.
3- ބީލަމެއްގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 12 އެޕްރީލް 2015 އިން 10 ޖޫން 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
4- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 208 ދުވަހެވެ.
5- މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.
6- މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 7 މޭ 2015ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީ އީމެއިލް އެޑްރެސް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
7- ބީލަން ހުޅުވުން އޮންނާނީ 11 ޖޫން 2015ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349266 3349106
ފެކްސް: 3320706 3324432
އީމެއިލް: [email protected]
ކޮޕީ: [email protected]