މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
'ޕެޓް ކެއަރ ފެސިލިޓީ' ގެ އާކިޓެކްޗަރަލް ޑްރޯވިންގ އާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޕްރައިޒްޑް ބީ.އޯ.ކިއު ހަދައިދޭނޭ ފަރާތެއް ހޯދުމަށް

 މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ 'ޕެޓް ކެއަރ ފެސިލިޓީ' އެއް އިމާރާތްކުރުމަށް ތިރީގައި މިވާ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • މި މިނިސްޓްރީ އިން ދޭ ޑްރާފްޓް ފްލޯޕްލޭނާއި މައުލޫމާތު ކަރުދާހާއި އެއްގޮތައް ފެސިލިޓީގެ އިމާރާތުގެ އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް ކުރެހުންތައް ތައްޔާރުކުރުން.
  • ޔޫޓިލިޓީ އާއިގުޅޭ ސާރވިސް ކުރެހުންތައް ތައްޔާރު ކުރުން
  • އިމާރާތްތަކުގެ ކުރެހުންތަކާއި، އަދި ޔޫޓިލިޓީ އާއިގުޅޭ ސާރވިސް ކުރެހުންތަކުގެ މައްޗަށް ބިނާކޮށް އިމާރާތުގެ އެސްޓިމޭޓެޑް ޕްރައިޒްޑް ބީ.އޯ.ކިއު ތައްޔާރުކުރުން.
  • މަސައްކަތްތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުން

މިކުރެހުންތަކާއި ސްޕެސިފިކޭޝަންތަކަކީ ސަރުކާރުގެ އިމާރާތް ކުރުމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ ފެންވަރުގެ ލިޔެކިޔުންތަކަކަށް ވާންޖެހޭނެއެވެ. އަދި ލައިސަންސް ލިބިފައިވާ ސްޓްރަކްޗަރަލް އިންޖިނިއަރަކާއި އާރކިޓެކްޗަރެއް ކުރެހުންތައް ޗެކުކޮށް، އެފަރާތުގެ ތައްގަނޑު ކުރެހުންތަކުގައި ޖަހަންވާނެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282 އަދި 3339208 ނަންބަރު ފޯނަށެވެ.

06 ފެބުރުވަރީ 2024
ހޯދާ