ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމުއައްސަސާގެ މ.ކޮޅުފުށި ޕޮލިސް ސްޓޭޝަންގައި ބޭނުންކޮށްފައިވާ 01 މޮޓޯ ސައިކަލް ނީލަމުގައި ވިއްކާލުމަށް
ނީލަން ކިއުން.
- މިމުއައްސަސާގެ މ.ކޮޅުފުށި ޕޮލިސް ސްޓޭޝަންގައި ބޭނުންކޮށްފައިވާ 01 މޮޓޯ ސައިކަލް ނީލަމުގައި ވިއްކާލުމަށް މި މުއައްސަސާގެ ނަންބަރު 171-M(F3)/IUL/2024/003 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.
- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މިމުއައްސަސާގެ އީ-މެއިލް [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
- ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2024 ފެބްރުއަރީ 11 ވަނަ ދުވަހުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ 2024 ފެބްރުއަރީ 12 ވަނަ ދުވަހުގެ 10:00ގައި މ.ކޮޅުފުށި ޕޮލިސް ސްޓޭޝަންގައިއެވެ.
- ނީލަން ކިއުން އޮންނާނީ 2024 ފެބްރުއަރީ 13 ދުވަހުގެ 10:00 ގައި އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓަރީ ވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
06 ފެބުރުވަރީ 2024
ހޯދާ