މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ތުލުސްދޫ ބަނދަރުގައި ސެކިއުރިޓީ ކެމެރާހަރުކޮށްދޭނެ ފަރާތެއް ހޯދުން

ކ.ތުލުސްދޫ ބަނދަރުގައި ސެކިއުރިޓީ ކެމެރާހަރުކޮށްދޭނެ ފަރާތެއް ހޯދުން

 

މިކައުންސިލުންދޭ އިރުޝާދުތަކާއެއްގޮތަށް ކ.ތުލުސްދޫ ބަނދަރުގައި ސެކިއުރިޓީ ކެމެރާ އަމިއްލަތަކެތީގައި އިންސްޓޯލްކޮށް ހަރުކޮށްދޭނެ ފަރާތެއްބޭނުވެއެޖެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 ފެބްރުއަރީ 13 ވަނަ ދުވަހުގެ 13:00 ގެ ކުރިންބީލަން ރަޖިސްޓްރީކުރުމަށް އެދޭ ލިންކް https://forms.gle/P1EMTUtjJVF5NbUX9

މެދުވެރިކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2024 ފެބްރުއަރީ 13 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 ފެބްރުއަރީ 18 ވަނަ ދުވަހުގެ 11:00 އަށް ބިޑު ހުށައެޅުއްވުމަށް އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ރަޖަބް 1445

06 ފެބްރުއަރީ 2024

06 ފެބުރުވަރީ 2024
ހޯދާ