މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

                 ށ. ނަރުދޫ މަސްޖިދުލް އަންވާރުގައި 1445 ވަނަ އަހަރު ރަމަޟާންމަހު  އިމާމުވެ ތަރާވީޙްނަމާދު ކޮށްދޭނޭ ދިވެހި އިމާމަކު ބޭނުންވެއްޖެއެވެ.

 

މަޤާމް: 

އިމާމް

ބޭނުންވާ ޢަދަދު: 

01

ގިންތި: 

ވަގުތީ

ރޭންކު: 

އިމާމް – ޖީ އެސް 3 ، މުދިމް – ޖީ އެސް 1

މުއްދަތު: 

01 މަސްދުވަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:  

ށ. ނަރުދޫ މަސްޖިދުލް އަންވާރު

މަސައްކަތް ކުރަންޖެހޭ ވަގުތު: 

1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ރެއެއްގެ ރަތާވީޙްނަމާދު ޖަމާޢަތުގައި އިމާމުވެ ކުރުން.

މުސާރަ އާއި އެލަވަންސް:  

ދެފަރާތް އެއްބަސްވާ އުޖޫރައެއް ކަނޑައެޅުން.              

އެހެނިހެން އިނާޔަތްތައް:

ހުރުމާއި އެއުން ހަމަޖައްސައިދިނުމާއިއެކު ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދެވޭނެއެވެ.  

ތަޢުލީމާއި ތަޖުރިބާ:

  • އިމާމު ކަމުގެ ސެޓްފިކެޓް ލިބިފައިވުމާއިއެކު ޤްރުއާނުގެ ރޮނގުން ޤައުމީސަނަދުއޮނިގަޑުގެ ލެވަލް 4 ގެ ސަނަދެއްއޮތުން ނުވަތަ
  • މުދިމް ކަމުގެ ސަނަދު ލިބިފައިވުމާއިއެކު ޤްރުއާނުގެ ރޮނގުން ޤައުމީސަނަދުއޮނިގަޑުގެ ލެވަލް 4 ގެ ސަނަދެއްއޮތުން ނުވަތަ
  • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުމާއިއެކު ޤްރުއާނުގެ ރޮނގުން ޤައުމީސަނަދުއޮނިގަޑުގެ ލެވަލް 4 ގެ ސަނަދެއްއޮތުން ނުވަތަ
  • ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުމާއިއެކު ޤްރުއާނުގެ ރޮނގުން ޤައުމީސަނަދުއޮނިގަޑުގެ ލެވަލް 4 ގެ ސަނަދެއްއޮތުން  ނުވަތަ
  • ޤްރުއާނުގެ ރޮނގުން ޤައުމީސަނަދުއޮނިގަޑުގެ ލެވަލް 4 ގެ ސަނަދެއްލިބިފައިވުމާއިއެކު ތަޖުވީދުގެމަގުން ރީތިކޮށް ޤުރްއާން ކިޔަވަން އެނގުން

މަޤާމުގެ މަސްއޫލިއްޔަތު:

  • 1445 ވަނަ އަހަރު ރަމަޟާންމަހު ކޮންމެރެއަކު  ށ. ނަރުދޫ މަސްޖިދުލް އަންވާރުގައި އިމާމުވެ ތަރާވީޙްނަމާދު ކުރުން.

ހުށަހަޅަންޖެހޭ ލިއުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ގުޅޭނެ ފޯނު ނަންބަރާއި  އީ މެއިލް އެޑްރެސް ހިމެނޭގޮތަށް ) ސިޓީއަކުން ނުވަތަ އެފަދަ ލިޔުމަކުން ހުށައެޅުން
  • ތަޢުލީމީ ސެޓްފިކެޓް / ސަނަދު ތަކުގެ އަސްލާއި އެއްގޮތްކަން އަންގައިދޭ ކޮޕީ.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއްފެންނަ ސާފު ކޮޕީއެއް، ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ އެކަން ބަޔާންކުރާ ލިޔުން.

މަޤާމަށް އެދުމުގެ ސުންގަޑި:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29  ފެބްރުއަރީ 2024   ވަނަ ދުވަހުގެ (14:00) ގެ ކުރިން، ނަރުދޫ ކައުންސިލްގެ އިދާރާއަށެވެ. މި މަޤާމަށް އެދޭ ސިޓީއާ ލިޔުންތައް އީ-މެއިލް ([email protected])  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީތައް ބަލައިގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން: 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ((6540049 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

 

06 ފެބުރުވަރީ 2024
ހޯދާ