ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެޢަމަލީ އިމްތިހާނާ ގުޅޭ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިހާނާ ގުޅޭ
ކަނޑުގައިދުއްވާ އިންޖީނުލީއުޅަނދު ދުއްވުމުގެ ޚިދުމަތަށް އެދޭ ފަރާތްތަކަށްދޭ ޢަމަލީ އިމްތިހާނު މިއަތޮޅު ހުރިހައި ރަށެއްގައި މި ފެބްރުއަރީމަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި އިމްތިޙާނު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތައް އެދި، ތިރީގައި މިދަންނަވާ ލިޔުންތަކާއި ފުރިހަމަ ކުރަންޖެހޭ ފޯމުތައް ފުރިހަމަ ކުރެއްވުމަށްފަހު 2024 ފެބްރުއަރީ 18 ވަނަ ދުވަހުގެ ކުރިން އެރަށެއްގެ ރަށުކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
- ނިޔަމިކަމުގެ ސަނަދު
- މެޑިކަލް ފިޓްނަސް ސެޓްފިކެޓް
- ފިޒިކަލް އެގްޒަމިނޭޝަން ސެޓްފިކެޓް
- މުއްދަތު ހަމަނުވާ އައިޑީ ކާޑު ކޮޕީ
- ލައިސަންސް ޚިދުމަތައް އެދޭ ފޯމް
- ޕާސްފޯޓް ސައިޒްގެ 2 ގަނޑު ފޮޓޯ
06 ފެބުރުވަރީ 2024
ހޯދާ