މަޤާމް:
|
ފިޒިއޮތެރަޕިސްޓް
|
ކްލެސިފިކޭޝަން:
|
މެޑިކަލް ސަރވިސް
|
ރޭންކް:
|
އެމް.އެސް 3 (މެޑިކަލް ސަރވިސް 3)
|
މުސާރަ:
|
މަހަކު5,610/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,500/-ރުފޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް:
|
މަހަކު 1,963/50ރުފިޔާ
|
ފުޑް އެލަވަންސް:
|
މަހަކު -/1800 ރުފިޔާ
|
ލިވިން އެލަވަންސް:
|
މަހަކު -/2500 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
މާފުށި ޖަލު (ފިރިހެން ޖަލު)
|
މަޤާމުގެ ޤިންތި:
|
ދާއިމީ/ ކޮންޓްރެކްޓް
|
ފެންވަރު ނުވަތަ ޝަރުތު:
|
މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- ފިޒިއޮތެރަޕިސްޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮއްފައިވުން.
- މުއްދަތު ހަމަނުވާ ޕްރީ ރެޖިސްޓްރޭޝަން އަދި ލައިސަންސް އޮތުން.
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ފަރުވާދެވޭ ބަލިމީހާގެ ބައްޔާބެހޭގޮތުގެ މަޢުލޫމާތު އަހާ އޮޅުންފިލުވުމަށްފަހު އެސެސްމެންޓް ފޯމްފުރުމާއި، ދެމެހެއްޓެނެވި ގޮތެއްގައި ބަލިމީހާގެ ހާލަތު މުރާޖައާކޮށް، ފަރުވާކުރިއަށްދާގޮތާއި ބަލިމީހާއަށް އަންނަ ބަދަލުތައް ރިކޯޑްކޮށް ފައިލްކުރުން
- ފަރުވާދިނުމުގައި ބަލިމީހާގެ ހާލަތަށް އެންމެ އަކަށޭނެ ފިޒިއޮތެރަޕީގެ ފަރުވާ ޚިޔާރުކޮށް ރޭވުމަށްފަހު ފަރުވާތެރިކަމާއި އެކު އެ ފަރުވާ ބަލިމީހާއަށް ފޯރުކޮށްދިނުމާއި، ފަރުވާ ކުރިއަށް ގެންދިއުމުގައި ބަލިމީހާ ރަނގަޅުވަމުންދާ މިންވަރު ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން
- ފަރުވާދޭއިރު ބަލިމީހާއި ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ވިސްނުން އަދި ހުރިހާ ވަގުތެއްގައިވެސް ތިމާގެ ސްކޯޕް އޮފް ޕްރެކްޓިސްގެ ހުދޫދުންބޭރުނުވެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން
|
މީހުން ހޮވުމުގައި އިސްކަންދެވޭ ކަންތައްތައް:
|
- ތަޢުލީމީ ފެންވަރު.
- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- އިންޓަރވިއު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (މ.އަޑު ބިލްޑިންގ) ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ. ބިދޭސީ ނަމަ ފުރާނީ ބިދޭސީންނަށް ހާއްސަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ޕާސްޕޯޓުގެ ކޮޕީ ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ތައްގަނޑުޖެހި ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
- ޕޮލިސް ރިޕޯޓް (ދިރިއުޅޭ ޤައުމެއްގެ)
- ބިދޭސީއެއްނަމަ ފުރާފައިވާ މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމް
- ބިދޭސީއެއްނަމަ މި އިޢުލާންގައިވާ ލިޔެނިއުންތަކުގެ އިތުރުން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމްގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
|
ސުންގަޑި:
|
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 15 ފެބްރުއަރީ 2024 ވަނަ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
( އަޑު ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާ އެކު [email protected] ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދު ނޫން ބަންދު ނޫން ކޮންމެ ދުވަހު 08:00 ން 15:00 އަށް ގުޅުއްވާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
|
(ފޯމާއެކު ރިސެޕްޝަނަށް ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުލާ ނަންބަރު ޖަހާފައެވެ. އަދި އިއުލާނާއި ގުޅިގެން ފޯމް )
|