ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2024/19
އިޢުލާން
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ 3 ވަނަ މަދަޙަ މުބާރާތް 1445
މިކައުންސިލްގެ 3 ވަނަ މަދަޙަ މުބާރާތް 17 މާރޗް 2024 އިން 20 މާރޗް 2024 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި ދެންނެވި މަދަޙަ މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު، 2024 ފެބުރުއަރީ 15 އިން 2024 ފެބުރުއަރީ 29 ގެ މެންދުރު ފަހު 14:00 ގެ ކުރިން މި ކައުންސިލްގެ އިދާރާއަށް ނުވަތަ މިކައުންސިލްގެ އީ.މެއިލް ([email protected]) މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީގަޑީގައި މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭފޯމް މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވެންހުންނާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.