ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ މަރކެޓިންގ އޮފިސަރ

މަޤާމު:

ސީނިއަރ މަރކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު: 2

އޮފީސް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

ނޯޓު:

މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ތަޢުލީމީ ލިޔެކިޔުންތަކަށް މާރކްސް ދެވޭނީ އިޢުލާނުގެ އެންމެދަށް ސްޕައިން (ADG5/24)

  ގައިވާ ޝަރުތު ފުރިހަމަވުމުންނެވެ. (ޑިގްރީ ނުވަތަ މާސްޓަރ ލެވެލްގެ ސެޓްފިކެޓު ހުށަހެޅިކަމުގައި ވިޔަސް އެ ސެޓްފިކެޓުތަކަށް މާކްސް ދެވޭނީ ADG5/24 ގައިވާ ޝަރުތު ފުރިހަމަވުމަށްފަހު އެޝަރުތުގައި ބަޔާންކުރާ ސެޓްފިކެޓު ހުށަހެޅުމުންނެވެ.)

 

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ މަރކެޓިންގ އޮފިސަރ

ADG5/24

 

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

7151.26 ރުފިޔާ

3064.83 ރުފިޔާ

ADG5/25

 

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 24 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7372.44 ރުފިޔާ

3159.62 ރުފިޔާ

ADG5/26

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 25 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

7600.45 ރުފިޔާ

3257.34 ރުފިޔާ

ADG5/27

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 26 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

7835.52 ރުފިޔާ

3358.08 ރުފިޔާ

ADG5/28

 

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 27 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

8077.85 ރުފިޔާ

3461.94 ރުފިޔާ

ADG5/29

 

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 28 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

8327.68 ރުފިޔާ

3569.01 ރުފިޔާ

ADG53/30

 

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 29 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

8585.24 ރުފިޔާ

3679.39 ރުފިޔާ

ADG53/31

 

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 30 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

8850.77 ރުފިޔާ

3793.19 ރުފިޔާ

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

 

  • މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ35% ) ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މީޑިއާތަކާ ކުރަންޖެހޭ މުއާމަލާތުތައް ކުރުން
  • ޕަބްލިކް ރިލޭޝަންސް ހަރުދަނާކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • މާކެޓިންގ އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންދިއުން.
  • ޔުނިވަރސިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާތައް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ތައްޔާރުކޮށް ފޯރުކޮށްދިނުން
  • މަރކެޓިންގ މެޓީރިއަލްތަކާއި، ވެބް ކޮންޓެންޓް، އިންފޯގްރަފިކްސް ފަދަ ތަކެތި ތައްޔާރުކުރުން
  • ޔުނިވަރސިޓީ އިން ހިންގާ ހަރަކާތްތަކުގެ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ މަސައްކަތްކުރުން
  • ޔުނިވަރސިޓީގެ ވެބްސައިޓާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ޔުނިވަރސިޓީގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގެ އެނެލެޓިކްސް މޮނީޓަރކުރުން.
  • ޕްރެސް ރިލީޒް، މީޑިއާ ކިޓްސް އަދި މި ނޫންވެސް މީޑިއާ ގުޅުންހުރި އިދާރީ މަސައްކަތްތައްކުރުން.
  • ޔުނިވަރސިޓީގެ މަރކެޓިންގ ހަރަކާތްތަކުގެ ޑޮކިއުމަންޓްތަކާއި ރިޕޯރޓްތައް ތައްޔާރުކުރުން
  • މަރކެޓިންގ ޑިޕާރޓްމަންޓްގެ އިދާރީ ކަންކަން ބެލެހެއްޓުން
  • ޑިޕާރޓްމަންޓާ އެވަގުތަކު ހަވާލުވެހުންނަ އިސްވެރިޔާ އަންގާ އެހެނިހެން ރަސްމީ މަސައްކަތްތަކުގައި ބައިވެރިވުން

އުޖޫރައާއި ޢިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަރކެޓިންގ ކޮމިއުނިކޭޝަން މެތެޑޮލޮޖީތަކާ ގުޅޭ މައުލޫމާތު ލިބިފައިވުން.
  • މުއާމަލާތުކުރުމުގެ ރަނގަޅު ހުނަރުތައް ލިބިފައިވުން.
  • ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް މެނޭޖްކުރަން އެނގުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަ ކަމާއެކު މުއާމަލާތު ކުރުމާއި މި ދެ ބަހުން ރަނގަޅު ފެންވަރަކަށް ލިޔެކިޔުން ތައްޔާރުކުރަން އެނގުން.
  • ކޮރަލްޑްރޯ އާއި އެޑޯބް ކްރިއޭޓިވް ސުއިޓްގައި ހިމެނޭ ފޮޓޯޝޮޕް، އިލަސްޓްރޭޓަރ އަދި އިންޑިޒައިން ބޭނުންކޮށްގެން ގްރެފިކްސް އާއި އިލަސްޓްރޭޝަންސްގެ މަސައްކަތް ކުރަން އެނގުން.
  • ސޯޝަލް މީޑިއާއަށް ބޭނުންވާ ވީޑިއޯ ކޮންޓެންޓް ތައްޔާރުކުރަން އެނގުން.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގައި ހިމެނޭ އެޕްލިކޭޝަންތައް ރަނގަޅު ފެންވަރަކަށް ބޭނުންކުރަން އެނގުން
  • ގިނަވަގުތު މުރާލިކަމާއެކު މަސައްކަތްކުރެވޭ މީހަކު ކަމުގައިވުން.
  • ޓާސްކް-ބޭސްކޮށް ނަތީޖާ ނެރެގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 15 ފެބްރުވަރީ 2024 ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 18 ފެބްރުވަރީ 2024  އިން 29 ފެބްރުވަރީ 2024 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މިޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
06 ފެބުރުވަރީ 2024
ހޯދާ