ދިވެހިރާއްޖެ
ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށް ދިނުމަށް 2023 ނޮވެމްބަރ 30 ވަނަ ދުވަހު މިއިދާރާއިން ކޮށްފައިވާ ނަންބަރ (IUL)419/419/2023/127 ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ގދ.ގައްދޫ އަމާނާތު މިސްކިތުގެ ހުޅަނގަށް، ވަތަބަނޑޭރި މަގާއި ރެވެޓްމެންޓް އާއި ދެމެދު އޮތް ކައުންސިލްގެ 24 ވަނަ ނަންބަރުގެ ހުސްބިމުން (2917.41) ދެހާސް ނުވަސަތޭކަ ސަތާރަ އަކަފޫޓްގެ ބިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ހިންގުމަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.
ވީމާ، މިބިމުގައި ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ކަންތައްތައް ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.