މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވިފައިވާ ފުރުޞަތާއި ގުޅޭ

އިޢުލާން

ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވިފައިވާ ފުރުޞަތާއި ގުޅޭ

                  ރ. ކިނޮޅަސް އޯޝަންވިލާ ޙާމިދު އިސްމާޢީލް، ރ. އަތޮޅުގެ ކޮންމެ ރަށަކުން އެކަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ޙައްޖަށް ގެންދާ ޖަމާޢަތަށް ދައްކަންޖެހޭ ފައިސާ އެބޭފުޅާގެ ޚަރަދުގައި ހަމަޖެއްސުމަށް ހުޅުވާލާފައިވާ ފުރުޞަތާއި ގުޅިގެން، އުމުރުން 40 އަހަރު ފުރި، މާލީތަނަވަސްކަން ނެތުމުގެ ސަބަބުން ފަރުޟު ޙައްޖު ވެވިފައިނުވާ އުނގޫފާރުގެ ފަރާތްތަކުން ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                  ވީމާ، މިކަމަށްއެދޭ ފަރާތްތަކުން 2024 ފެބްރުއަރީ 11 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އިޢުނާއިއެކުވާ ގޫގަލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. ޝަރުތުހަމަވާ އެކަކަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ، މީހަކު ހޮވުން ކުރިޔަށް ގެންދެވޭނީ ގުރުއަތުލައިގެންނެވެ.

https://docs.google.com/forms/d/1uVb3FXazATYxq2zszzRgPu3IlX9KSW-PTQZShhLdZk0/edit

                  25 ރަޖަބު 1445

06 ފެބުރުވަރީ 2024
ހޯދާ